މެންބަރު ރިޒާގެ އެކައުންޓްތައް ފުރީޒުކޮށް ދައުވާކުރަން ނަވާނަވައިން ގޮވާލައިފި

276572_3_c4a3c6ecf62d128a7b3a7831fa22b1004aaff207.jpg

ރިޒް ކުންފުނީގެ ވެރިޔާ، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ

ބ. ބޮޑުފިނޮޅުގައި ބިދޭސީންތަކެއް ލައްވާ މުސާރަ ނުދީ މަސައްކަތް ކުރުވި މައްސަލާ ގައި، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާ މެމްބަރު އަހްމަދު ރިޒާގެ ރިޒް ކޮންސްޓްރަކްޝަންގެ އެކައުންޓްތައް ފްރީޒްކޮށްގެން ނަމަވެސް މުވައްޒަފުންނަށް ދޭން ޖެހޭ މުސާރައިގެ ފައިސާ ސަރުކާރުން ދިނުމަށް އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ ”ނަވާނަވައި” އިން ގޮވާލައިފި އެވެ.

މުސާރަ ނުދީގެން ބޮޑުފިނޮޅުގައި ބިދޭސީން ވަނީ، ހަމަނުޖެހުން ހިންގައި، ދިވެހިންތަކެއް ރަހީން ކޮށްފައެވެ. ފުލުހުން ވަނީ އެ ދިވެހިން ސަލާމަތްކޮށް، މިކަމާ ގުޅިގެން 19 ބިދޭސީން ހައްޔަރުކޮށްފައެވެ.

އެކަމާ ގުޅިގެން ނަވާނަވައިން ކަންބޮޑުވުން ފާޅުކޮށް ނެރެނު ބަޔާނެއްގައި ބުނީ، ބިދޭސީންނަށް އުޖޫރަ ނުދީ އިންސާނީ ހައްގުތައް އަރައިގަނެ މިނިވަންކަން ނަގާލުމަކީ އެ ފަރާތްތަކުގެ އާއިލާތަކުގެ ދިރިއުޅުމަށް ވެސް އަސަރުތައް ކުރާނެ ކަމެއް ކަމަށެވެ.

ބިދޭސީންތަކަކަށް އެ ހާލު ޖެއްސި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެ ކަމަށާއި އަލީ ރިޒާގެ އެކައުންޓްތައް ވެސް ފްރީޒްކޮށް އޭނާގެ މުދާ ދައުލަތަށް ނަގައިގެން ނަމަވެސް މުސާރަތައް ދޭން ޖެހޭ ކަމަށެވެ. އަދި އެއަށްފަހު އޭނާއަށް ދައުވާކުރަން ޖެހޭ ކަމަށެވެ.

ރިޒާ މީގެ ކުރިން ވިދާޅުވެފައި ވަނީ، އެ ރަށުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވި ވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިދޭސީން ދިވެހިންތަކެއް ރަހީނު ކުރި މައްސަލަ ބަލައި ފިޔަވަޅު އަޅަންޖެހކަމަށާ  ފަހެ، އެއާއެކު، އެތައް މަސް ވަންދެން އެ ބިދޭސީންނަށް މުސާރަ ނުދީ ބުރަ މަސައްކަތް ކުރުވައި ލާ އިންސާނީ ޖަރީމާ ހިންގި ފަރާތްތަކުގެ މައްސަލަ ވެސް ބަލައި އިންސާފު ގާއިމުކޮށް ނިކަމެތިންގެ ޙައްޤު ހޯދައިދޭންޖެހޭ ކަމަށެވެ

މުސާރަ ނުލިބޭ އެ މަސައްކަތްތެރިންނަށް މުސާރަ ހޯދައިދިނުމަށް ގާނޫނީ އެހީތެރިކަން ދިނުމުގެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދިނުމަށް ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން ވަނީ މިހާރު ފަށާފައެވެ. އެގޮތުން މަދަނީ މައްސަލަތަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޕީއައިއެލްސީގެ ވަކީލުންގެ ޓީމެއް އިއްޔެ ބޮޑުފިނޮޅަށް ގޮސް، އެތަނުގެ މުވައްޒަފުންނާ ވަނީ ބައްދަލުކޮށް ވާހަކަ ދައްކާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top