ބ.އަތޮޅު ހޮސްޕިޓަލުގެ ދެ ނަރުހަކު ޑައިލިސިސް ހެދުމުގެ ޓްރޭނިންގ އަށް ފުރައިފި

ބ.އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސް ހެދުމަށް ތައްޔާރު ވުމުގެ ގޮތުން ދެ ނަރުހަކު ޓްރެނިންގ އަށް އަށް މިއަދު ފުރައިފިއެވެ.

މި ކުދިންގެ ޓްރެއިނިންގ ފުރިހަމަކުރާނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައެވެ.

ޓްރޭނިންގ ފުރިހަމަ ކުރުމަށް ފަހު ދެ ނަރުހުން އެނބުރި އައުމަށް ހަމަޖެހިފައިވަނީ އެއް މަސްދުވަހަށް ފަހުގައި ކަމަށް ބ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ މި ކުދިން އައުމާއެކު ބ.އަތޮޅު ހޮސްޕިޓަލުގައި ޑައިލިސިސް ހެދުމުގެ ޚިދުމަތް ދޭން ފަށަށް ތައްޔާރު ވަމުން އަންނަ ކަމުގައެވެ.

ބ. އަތޮޅު ހޮސްޕިޓަލުގައި މި ޚިދުމަތް ދޭން ފެށުމަކީ ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ލިބޭނެ ވަރަށް އުފާވެރި ޚަބަރަކަށް ވެގެން ދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top