ތުޅާދޫގައި ކަރަންޓީނުގައި ހުރި މީހަކު މަރުވިއިރު ކޮވިޑަށް ޕޮޒިޓިވް ؟

DJI_0269.jpg

ބ. ތުޅާދޫ .

ބ.ތުޅާދޫގައި ހޯމް ކަރަންޓީންގައި ހުއްޓާ މިއަދު ހާޓްއެޓޭކެއް ޖެހިގެން މަރުވި މީހާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ތުޅާދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދިން ގޮތުގައި ހާޓްއެޓޭކެއް ޖެހިގެން މިއަދު 3:30 ހާއިރު މަރުވެފައިވާ 59 އަހަރުގެ މީހަކީ މާލެއިން އެރަށަށް ގޮސް ކަރަންޓީނުގައި ހުރި މީހެކެވެ. އެމީހާ މަރުވެފައިވަނީ ކަރަންޓީީނުގައި ހުންނަތާ 10 ދުވަސް ފަހުންނެވެ.

އެމީހާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އެމީހާގެ ސާމްޕަލް ބ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ޓެސްޓު ކުރުމުން ކަމަސް މައުލުމާތު ލިބެއެވެ.

މިއީ ކޮވިޑް-19 ބަލީގައި މާލެ އިން ބޭރުގައި މީހަކު ނިޔާވި ފުރަތަމަ ފަހަރެވެ.

ތުޅާދޫން ނިޔާވި މީހާ ކޮވިޑް-19 އަށް ފައްސިވުމުން ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. ނަމަވެސް ކޮވިޑް-19 އަށް ފައްސިވި މީހާ ހުރީ ކަރަންޓީންގައި ކަމަށް ވާތީ ރަށް މޮނިޓަރިންގެ ހާލަތަކަށް ނުގެންނާނެއެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން މިހާތަނަށް 15 މީހަކު މަރިވެފައިވެއެވެ. އެންމެ ފަހުން މަރުވެފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިހާތަނަށް ޖުމްލަ 10 ދިވެއްސަކު ވަނީ މި ބަލީގައި މަރުވެފައެވެ. ރާއްޖޭގައި ކޮވިޑް ޖެހިގެން ގިނައިން މަރުވެފައިވަނީ އުމުރުން ދުވަސްވީ މީހުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top