މިހާރު މާލެއިން ރަށު ކަރަންޓީީީނަށް އާދެވޭނެ 5 ޝަރުތު.

އޭދަފުށި.jpg

އޭދަފުށި ބަނދަރުމަތި - ފޮޓޯ ؛އޭދަފުށި ވޮއިސް

ކޮވިޑް 19 ފެތުރުން ކޮންޓްރޯލްކޮށް އެކަމުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ އިތުރު ފިޔަވަޅު ތަކުގެ ތެރޭގައި މި ވަގުތު މާލެއިން ރަށަށް އަންނަން ބޭނުންވާ މީހުންގެ ހުންނަންޖެހޭ 5 ޝަރުތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅައިފިއެވެ.

އެޗްޕީއޭއިން ރޭ އާއްމު ކުރި އުސޫލުގައި ބުނާ ގޮތުން މެޑިކަލް އިމަޖެންސީއެއްގައި ނުވަތަ ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމާއި ގުޅިގެންނާއި، މާލޭގައި ދިރިއުޅޭތަން ދޫކޮށްލަން ޖެހުމާއި ގުޅިގެންނާއި، ރަސްމީ ބޭނުމަކަށް މާލެ އައިސް ރަށަށް ދިއުމާއި، ވަޒީފާ ގެއްލިގެން ނުވަތަ ވަޒީފާ ރަށަށް ބަދަލުވުމާއި ގުޅިގެންނާއި، އަދި ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހޭ ނަމަ ފުރަބަންދު ކަރަންޓީންގެ ދަށުން ރަށްރަށަށް ދެވޭނެއެވެ.

އެޗްޕީއޭގެ އުސޫލުގައި ވާ ގޮތުން ފުރަބަންދު ކަރަންޓީނަށް ދިއުމަށް މިހާރުވެސް އެދެން ޖެހޭނީ “ހާލުބެލުން” ޕޯޓަލްގައެވެ. އަދި އެ އުސޫލަށް އެދެން އިސްވެ ބުނެފައިވާ ފަސް ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ފުރިހަމަ ވާން ޖެހޭނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ އެ އުސޫލުގެ ދަށުން މާލެއިން ރަށަށް ދާން އެދޭ މީހުން ހުށަހަޅަން ޖެހޭ ލިޔުންތައް ރަށު ކައުންސިލަށް ހުށަހަޅަން ޖެހޭނެ ކަމަށާއި އެމީހަކު ކަރަންޓީނު ވުމަށް އެދޭ ތަނެއް ކައުންސިލުން ބަލައި ޗެކްކޮށް އެޗްޕީއޭއަށް އަންގަން ޖެހޭނެ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ކައުންސިލުން ދޭ މައުލޫމާތަށް ބަލައި ކަރަންޓީންގެ ލިޔުމާއި ބިލްޑިން މޮނީޓަރިން ނޯޓިސް ދޫކުރާނެ ކަމަށާއި މާލެއިން ރަށަށް ދާން ޓިކެޓް ނަގަންވާނީ ކަރަންޓީނު ލިޔުމާއިި ބިލްޑިން މޮނިޓަރިން ނޯޓިސް ލިބުމުން ކަމަށެވެ.

ރަށްރަށުގައި ކަރަންޓީނުވުމުގެ އުސޫލަށް އެޗްޕީއޭއިން ބޮޑު ބަދަލެއް މި ގެނައީ ރަށްރަށަށް ކަރަންޓީނަށް ދާ މީހުން ޕޮޒިޓިވްވުން ގިނަވުމާއި ފުރަބަންދު ކަރަންޓީނަށް ރަށްރަށަށް ދާ މީހުން ކަރަންޓީނުގެ އުސޫލުތަކަށް އަމަލު ނުކުރުން އާންމުވެފައި ވަނިކޮށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top