ހއ.އިން ފެށިގެން ބ.އަތޮޅާ ހަމައަށް ޔެލޯ އެލާޓް!

IMG_20220514_120640345-1.jpg

މޫސުން ގޯސް ދުވަހެއް

މޫސުން ގޯސްވެ ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހއ.އަތޮޅުން ފެށިގެން ބ.އަތޮޅާއި ހަމައަށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެެވެ.

އެލާޓްގައި ބުނެފައި ވަނީ މި ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި، ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު ފަހު 15:00 އާއި ހަމައަށް ކަމަށްވިޔަސް މިއެލާޓްގެ ވަގުތު އިތުރު ކުރުން އަދި އެކަށީގެންވެއެވެ.

އުތުރުގެ އަަތޮޅުތަކަށް އިއްޔެ ވެސް 55 މޭލަށް ވައި ގަދަވިއެވެ. އެހެންކަމުން އިއްޔެ އަކީ ވެސް ރެކޯޑް މިންވަރަކަށް އުތުރުގެ އަތޮޅުތަކަށް ވައި ޖެހުނު ދުވަހެކެވެ.

ޔެލޯ އެލާޓް ނެރެފައިވާ ސަރަހައްދު ތަކުގައި ނުވަ މީޓަރުން ދަށުގެ އުޅަނދު ފަހަރުގައި ފަސިންޖަރުން އުފުލުމާއި އަދި ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެސައިޒްގެ އެހެން އުޅަނދެއް ދުއްވުން ވެސް މަނާ ވާނެއެވެ.

ޔެލޯ އެލާޓްގެ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި، ކަނޑުދަތުރު ފަތުރު ނުކުރުމަށްވެސް މެޓް އޮފީހުން  އިލްތިމާސްކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top