މޭ/ޖޫން ގައި އޭލެވެލް އިމްތިހާނު ނުބާއްވާނެ!

64519370_2998421070184423_4280292200203419648_o.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ މަތީ ގްރޭޑް ތަކުގެ ދަރިވަރުން ކޮޅެއް.-- ފޮޓޯ :ބއތމ.ގެ އެފްބީ

އަންނަ މޭ/ޖޫން މަހު ބާއްވަން ނިންމާފައިވާ އޭލެވެލް އިމްތިހާނު އެމުއްދަތުގައި ނުބާއްވަން ނިންމައިފި އެވެ.

މިކަމާގުޅިގެން އިއްޔެ އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިއަހަރުގެ މޭ/ޖޫން ގައި ބޭއްވުމަށް ހަމަޖައްސާފައިވާ އޭ.އެސް/އޭ ލެވެލް އިމްތިހާނު ތާވަލުކުރެވިފައިވާ ގޮތަށް ކުރިޔަށް ނުގެންދާނެކަމަށް ކޮވިޑް 19 ގެ ހާލަތަށް ރިއާޔަތްކޮށް އިނގިރޭސި ވިލާތުގެ ޕިއާސަން އިން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް މޭ/ޖޫން ގައި އޭ.އެސް/އޭ ލެވެލް އިމްތިހާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމާއި ސެޓްފިކެޓް ދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތެއް މިމަހުގެ 22 ގައި އިނގިރޭސިވިލާތުގެ “އޮފްކޮލް” އިން އިއުލާނު ކުރާނެއެވެ.

މޭ/ޖޫންގެ އޭ ލެވެލް އިމްތިހާނު ނުބާއްވަން ނިންމި ނަމަވެސް މިއަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު ގައި ބޭއްވުމަށް ހަމަޖައްސާފައިވާ އޭއެސް/އޭ ލެވެލް އިމްތިހާނު ތާވަލުކުރެވިފައިވާ ގޮތަށް ކުރިޔަށް ދާނެ ކަމަށްވެސް ޕިއާސަންގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮވިޑުގެ ހާލަތާ ގުޅިގެން މިދިޔަ 2020 ވަނަ އަހަރުގެ މެއި/ޖޫން އޭލެވެލް އިމްތިހާނު ވެސް ބާއްވާފައެއް ނުވެއެވެ. އެ އިމްތިހާނު ކުރިއަށް ގެންދިޔައީ އޮކްޓޯބަރު/ނޮވެމްބަރުގައެވެ.

މިނިސްޓްރީ އިން ބުނީ ރާއްޖެއިން އެއެސް/އޭލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިންގެ އެސެސްމެންޓު ކުރިއަށް ގެންދާނެ ގޮތެއް އޮތްތޯ ބެލުމަށް އެޑެކްސެލްއާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެ މަޝްވަރާތަކުގައި ދަރިވަރުންނާއި ސްކޫލުތަކުގެ އަދި ބެލެނިވެރިންގެ ހިޔާލުވެސް ހޯދާނެ ކަމަށް ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top