ކެންދޫ މޮނިޓަރިން އަށް!

1459849_807832445944837_8741587500234397718_n.jpg

ބ.ކެންދޫ އަތިރިމަތި - ފޮޓޯ : ބ.ކެންދޫ ފޭސްބުކް ޕޭޖް

ބ.ކެންދޫން ކޮވިޑް ޕޮޒިޓިވް މީހަކު ފެނިގެން ރަށަށް އަރައި ފޭބުން މަނާކޮށް އެރަށް މޮނިޓަރިން އަށް ލައިފިއެވެ.

މިރަށް މޮނިޓަރިން އަށް ލާފައިވަނީ އެރަށުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓެއް ރަށުގެ އެހެން މީހުންނާ ބައްދަލު ކޮށްފައި ވާތީ ކަމަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ދެއެވެ.

ކެންދޫން މިދިޔަ ހޮނިހިރު ދުވަހުވެސް ވަނީ މީހަކު ޕޮޒިޓިވްވެފައެވެ. އެއީ އެރަށް ކައިރީގައި އޮންނަ  އަނަންތަރަ ކިހަވައް ވިލާސް ރިސޯޓުން ހޯމް ކަރަންޓީނަށް ދިޔަ މީހެކެވެ.

ކެންދުއަށް އަރައި ފޭބުން މަނާކޮށް މޮނިޓަރިންގ އަށް ލާފައިވަނީ ކޮވިޑް-19އާ ގުޅިގެން، ސިއްހީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން  ވިދާޅުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top