އޭދަފުށިން ދެމީހަކު އަނެއްކާވެސް ކޮވިޑް އަށް ޕޮޒިޓިވް ވެއްޖެ!

13103262_1698165803755149_9172024363282898052_n-800x449-800x449.jpg

ބ. އޭދަފުށި. / ފޮޓޯ: ފޭސްބުކް

ބ. އޭދަފުށިން އަނެއްކާވެސް ދެ މީހަކު ކޮވިޑް އަށް ޕޮޒިޓިވް ވެއްޖެއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ބުނީ މިއަދު ޕޮޒިޓިވް ވެފައިވާ ދެމީހުން ކޮވިޑް އަށް ޕޮޒިޓިވް ވެފައިވަނީ މާލެއިން އައިސް ކަރަންޓީނުގެ މުއްދަތު 14 ދުވަސް ފުރިހަމަކުރުމަށްފަހު ނެގި ސާމްޕަލް ނަތީޖާއިން ކަމުގައެވެ.

“ޒުވާން ދެކުދިންއެއީ އަންހެނާކާ ފިރިހެނެއް. ދެމިހުންގެ ހާލުވެސް ރަނގަޅު .” ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

އޭދަފުށިން މާލެއައިސް ކަރަންޓީނު މުއްދަތު ހަމަކުރުމަށްފަހު ނަގާ ސާމްޕަލް އިން މީގެ ކުރިންވެސް މަދު ބަޔަކު ޕޮޒިޓިވް ވެފައި ވެއެވެ.

އަދފުށީގެ އިތުރުން އިއްޔެގެ ނިޔަލަށް އަތޮޅުތަކުން 15 ރަށެއްގައި 15 މީހަކަށް ކޮވިޑް ބަލިޖެހިފައި ވެއެވެ.

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު