ގްލޯނެޓް ފެއަރ އޭދަފުށީގައި

l_147204766658TznI.jpg

ގްލޯނެތް އެޑިއުކޭޝަން ފެއަރ އެއްގައި މައުލޫމާތު ދެނީ

މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް، 2005 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ގްލޯނެޓުން ބާއްވާ ފެއާގެ ރޯޑް ޝޯއެއް އަންނަ ހޮނިހިރު ދުވަހު އޭދަފުށީގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

ފޭލި ޖަމިއްޔާ އާއި ގްލޯނެޓް ގުޅިގެން ބާއްވާ މި ރޯޑް ޝޯގައި މެލޭޝިއާގެ ތަފާތު އެކި ޔުނިވާސިޓީތަކުގެ ކޯސްތަކާ ގުޅޭ މައުލޫމާތު ދީ އެ ކޯސްތަކަށް ކުރިމަތިލެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ އިތުރުން ފެއާގައި ބައިވެރިވާ ޔުނިވާސިޓީތަކުގައި އަންނަ އަހަރު އޮންނަ ސްކޯލަޝިޕް ތަކުގެ މައުލޫމާތުދިނުން ހިމެނެއެވެ.

މި ފެއާ ހިނގަމުންދާއިރު ފޯމް ހުށަހަޅާ ދަރިވަރުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ލިބެއެވެ. އެގޮތުން ފެއާގައި ބައިވެރިވާ ބައެއް ޔުނިވާސިޓީތަކުން %10 އާއި %50 ދެމެދު ސްކޮލާރޝިޕް (ނުވަތަ ޓިއުޝަންފީގެ ޑިސްކައުނޓް) ލިބޭނެ ކަމަށް ގްލޯނެޓުން ބުނެއެވެ.

މި ޔުނިވާރސިޓީ ތަކުން ކޯސް ލިބެން ހުންނަ ދާއިރާތަކުގެ ތެރޭގައި ހެލްތް ސައިންސް، ބިޒްނަސް އިންޖިނިއަރިންގް އަދި ކޮމްޕއިޓަރ ސައިންސް ދާއިރާތައް ހިމެނެއެވެ.

މި ފެއާގައި ބައިވެރިވަނީ މެލޭޝިއާގެ ޔުނިވަސިޓީތަކުގެ ތެރެއިން ދިވެހި ދަރިވަރުން އެންމެ ގިނައިން ތމަތީ ތައުލީމު ހޯދާ އުޅޭ ޔުނިވަސިޓީތަކެވެ. އޭގެ ތެރޭގައި ޓެއިލާސް ޔުނިވަސިޓީ އާއި ސަންވޭ ޔުނިވަސިޓީ އާއި މާސާ ޔުނިވަސިޓީ ހިމެނެ އެވެ.

ގްލޯނެޓްގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ނަސީމް އަހުމަދު ވިދާޅުވީ ފޭލި ޖަމިއްޔާ އާ ގުޅިގެން ބ. އަތޮޅަށް ހާއްސަކޮށްގެން އޭދަފުށީގައި އޮންނަ ރޯޑު ޝޯ ކުރިއަށް ދާނީ މިރަށު މަލްޓިޕާޕަސް ހޯލުގައި ކަމަށާއި ފެއާ ކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހު މެންދުރު ފަހު 2:00 އިން ހަވީރު 5:00 އަށް ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top