ރެވެނިއު ސްޓޭމްޕް ޖެހުން އުވާލަން ކޮމިޓީން ނިންމައިފި

big_qjTDVSgYYMSbT7H0eoMCE5YZM.jpg

1970 ވަނައަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ ގާނޫނުގެ ދަށުން ރަސްމީ އެކިއެކި ލިއުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލަން އެކަން ދިރާސާކުރި މުޅި މަޖިލީހުގެ ކޮމެޓީއިން ނިންމައިފި އެވެ.

މި ގާނޫނު އުވާލަން މުޅި މަޖިލީހުގެ ކޮމެޓީގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފަ އެވެ. ދެން އެކަމާމެދު ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން ނެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ހުށަހަޅުއްވަމުން ވިދާޅުވީ ރެވެނިއު ސްޓޭމްޕް ޖެހުން ހުއްޓާލިޔަސް ދައުލަތުގެ އެކިއެކި އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތަކުން ނަގާ ފީންވެސް ރަނގަޅު އާމްދަނީއެއް ލިބޭނެ ކަމަށެވެ.

ހަމައެއާއެކު ވިޔަފާރިކުރާ ފަރާތްތަކުން ހިދުމަތް ހޯދާއިރު ދައްކަން ޖެހޭ ފީއާއި އެހެނިހެން ފައިސާ ދެއްކުމަށްފަަހު އަދި ރެވެނިއު ސްޓޭމްޕް ޖަހަން ޖެހުމުން ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން ގާނޫނު އުވާލުމާއެކު ހިދުމަތް ހޯދާ ފަރާތްތަކަށާއި ވިޔަފާރި ކުރާ ފަރާތްތަކަށް ލުއިތަކެއް ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top