ބ.ގޮއިދޫގައި ޖަނެރޭޓަރ ބެހެއްޓުމަށް ބަޔަކާ ހަވާލުކޮށްފި

ޖެނެރޭޓރު އިންސްޓޯލްކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އޮތް ރަސްމިއްޔާތު

ޖެނެރޭޓރު އިންސްޓޯލްކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު އޮތް ރަސްމިއްޔާތު

ބ. ގޮއިދޫ އާއެކު އިތުރު ހަތަރު ރަށަށް ކަރަންޓް އުފައްދައިދޭ ޖެނެރޭޓަރު ގެންގޮސް އިންސްޓޯލްކޮށް ކަރަންޓާގުޅޭ އެކިއެކި މަސައްކަތްތައް ކުރުމަށް ސްރީލަންކާގެ ލަންކާ ޓްރާންފޯމަރސް ލިމިޓެޑް (އެލްޓީއެލް ) އާ މިއަދު ހަވާލުކޮށްފިއެވެ.

ފެނަކައާގުޅިގެން ސަރުކާރުން ކުރިއަށް ގެންދާ 4.2 މިލިއަންރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރުމަށް މިއަދު ޝީ ބިލްޑިންގ ގައި އޮތް ރަސްމިއްޔާތުގައި މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރައްވާފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ސްޓޭޓްމިނިސްޓަރ އަބްދުލް މަތީންއެވެ. އެލްޓީއެލްގެ ފަރާތުން ސޮއި ކުރައްވީ އެ ކުންފުނީގެ ސީއީއޯ އެޗްޑީ ޗަމިންދައެވެ.

މި އެއބަސްވުމުގެ ދަށުން މި ރަށްރަށުގައި ކަރަންޓްއުފައްދަން ބޭނުންކުރާ ޖަނެރޭޓަރު އިންސްޓޯލް ކޮށްދިނުމުގެ އިތުރުން ކަރަންޓްނަރުތައް އަޅައި އެކަން ކުރާނެގޮތުގެ ޑިޒައިން ތައްޔާރުކުރާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަތީން ވިދާޅުވީ ބައެއްރަސްރަށުގެ ކަރަންޓްވިއުގަރ މައްސަލަ ޖެހި ބާވެފައިވާތީ އެކަމުގެ ސަބަބުން ކަރަންޓަށް ހިނގާ ޚަރަދުވެސް ބޮޑުވެ ގެއްލުންވަމުން ދާކަމުގައެވެ. އަދި އެކަން ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއްކުރަމުން އަންނަކަމުގައި މަތީން ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ފެނަކަ އާއި އެލްޓީއެލްގެ އިސްވެރިންވެސް ބައިވެރިވެ ވަޑައިގަތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top