ރާއްްޖެިއން ދުވާލަކު 80 ކުޑަކުދިންނަށް މިހާރު ކޮވިޑް ޖެހޭ!

277593_3_ed377580779df76789c08300a00ec1bbe090f627_medium.jpg

ރާއްޖެއިން ދުވާލަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި 80 ވަރަކަށް ކުޑަކުދިން ހިމެނޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ޑރ. ނަޒްލާ މުސްތަފާ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ވީޑިއޯއެއްގައި ވިދާޅުވެފައިވާ ގޮތުން ކޮންމެ ދުވަހަކުވެސް 70 ނުވަތަ އެއަށްވުރެ ގިނައިން ވެސް ކުޑަކުދިން ޕޮޒިޓިވް ވެއެވެ.

އެކުދިންގެ ތެރޭގައި ކޮންމެ ދުވަހަކުވެސް އެއް އަހަރުން ދަށުގެ ހަތަރު ކުދިން ނުވަތަ ފަސް ކުދިން ހިމެނޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. ވިދާޅުވީ ބޮޑެތި މީހުންނާ އަޅާބަލާއިރު ކުޑަކުދިން ސީރިއަސް ވުމުގެ ފުުރުސަތު ދަށް ކަމަށެވެ. އެހެންނަމަވެސް އެކުދިންވެސް ސީރިއަސް ނުވާނެ ކަމަށް ނުދެންނެވޭނެ ކަމަށެވެ.

އައިޖީއެމްއެޗުގެ ޑޮކްޓަރު މުހައްމަދު އަލީ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ރާއްޖޭގައި އުޅެނީ ކޮވިޑްގެ މުޅިން އާ ވޭރިއެންޓެއް ކަމަށެވެ. އެކަން ޔަގީން ކުރެވޭ ކަމަށާއި އެހެންކަމުން ވީހާވެސް ބޮޑަށް ސަމާލުވުމަށް ޑރ. މުހައްމަދު އަލީ ވަނީ އެދިވަޑައިގެންފައެވެ.

ޑރ. ވިދާޅުވީ އާ ވޭރިއަންޓުގެ ނުރައްކާ ބޮޑު ވަނީ ފުއްޕާމެއަށް ކަމަށެވެ. އެހެންކަމުން މީހުންނާ ދިމާވެ ކޮންޓެކްޓުވުން މަދުކުރުމަށް ޑރ. އިލްތިމާސް ކުރެއްވި އެވެ.

ރާއްޖެއިން ރޭ ވެސް ވަނީ 766 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއާއެކު މި ބައްޔަށް މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 34،134 އަށް އަރައިފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު 8،000 އަށްވުރެ މައްޗަށް އަރާފައިވާއިރު 205 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top