ވެލިދޫން 16ފަތުރުވެރިން ފައްސިވެ ރަށް މޮނިޓަރިން އަށް!

b_Xs59AzxBmQbTw90iXiQsRtBYz.jpg

ނ.ވެލިދޫ ---ފޮޓޯ : އެމްޓީސީސީ

ނ. ވެލިދޫގައި ޗުއްޓީ ހޭދަކުރަމުންދާ 16 ފަތުރުވެރިޔަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ވެލިދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޖައުފަރު ވިދާޅުވިކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެމީހުން ޕޮޒިޓިވްވީ ފުރުމުގެ ކުރިން ނެގި ސާމްޕަލުންނެވެ. އެ ސާމްޕަލްތަކުގެ ނަތީޖާ ލިބުނީ ރޭގެ ވަގުތެއްގައި ކަމަށް ވާތީ ރެއިން ފެށިގެން އެރަށް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ޕާކިސްތާނަށް ނިސްބަތްވާ ފަތުރުވެރިން ކަމަށް ޖައުފަރު ވިދާޅުވިއެވެ.

އެމީހުން ޕޮޒިޓްވުމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން މިހާތަނަށް 30 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާ އަދި އެމީހުންގެ ސާމްޕަލްވެސް ނަގާފައިވާ ކަމަށް ޖައުފަރު ވިދާޅުވިއެވެ.

“ޕޮޒިޓިވްވި ފަތުރުވެރިން ވަނީ ރަށުގެ ބައެއް ފިހާރަތަކަށާއި ހޮޓާ ރެސްޓޯރެންޓްތަކަށްވެސް ގޮސްފައި،” ޖައުފަރު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top