މަސްތުވާ ތަކެއްޗާއެކު އޭދަފުށިން މީހަކު ހައްޔަރު ކޮށްފި

admin-ajax.jpg

މަސްތުވާ ތަކެއްޗާއެކު އޭދަފުށިން 29 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދޭގޮތުގައި މި މީހާ އަތުލައިގެންފައިވަނީ މާލެއިން އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޭދަފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހުގެ 3 ވަނަ ދުވަހުއެވެ.  މިމީހާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ކޮޓަރި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ބޮޑު 6 ރަބަރު ޕެކެޓު ކޮޓަރިތެރެއިން ފެނިފައިވެއެވެ.

މިމިހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ބ. ހިތާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މިިމައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top