މިދިޔަ މަހު އެންމެ ގިނަ ސަރވިސްޗާޖް ލިބުނު ބ.އަތޮޅުގެ ރިސޯޓަކަށް އަންނަތަރާ ކިހަވައް

Anantara-Kihavah-Maldives-Villas_Image_780x540.jpg

ބ.އަތޮޅުގައި ހިންގާ ރިސޯޓް ތަކުގެ ތެރެއިން ފާއިތުވި މޭ މަހު ވެސް ސާވިސްޗާޖްގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ އަންނަތަރާ ކިހަވައް ރިސޯޓަށް ޓޫރިޒަމްގެ ހިސާބު ތަކުން ދައްކައިފިއެވެ.

ރިސޯޓުތަކުގެ މުވައްޒަފުން ދޭ މައުލޫމާތުގެ މައްޗަށް ބަލައި، ތައްޔާރު ކޮށްފައިވާ މި ރިޕޯޓުގައިވާ ގޮތުން މޭމަހު އެ ރިސޯޓުގެ މުވައްޒަފުންނަށް މިދިޔަ މަހު 800 ޑޮލަރު (12339ރ.) ލިބިފައިވެ އެވެ. އެކަމަކު މިއީ އޭގެ ކުރީ އޭޕްރީލް މަހު އެރިސޯޓުގެ މުވައްޒަފުންނަށް ލިބުނު 17862 ރުފިޔާ އާ އަޅާބަލާއިރު 5523 ރުފިޔާގެ ދަށް ވުމެކެވެ.

ދެވަނަ އަށް އެންމެ ގިނައިން ސަވިސްޗާޖް ލިބުނު ރިސޯޓުގެ ގޮތުގައި ލިސްޓް ކޮށްފައިވަނީ ޑުސިތު ތާނީ ރިސޯޓެވެ. އެރިސޯޓުގެ މުވައްޒަފުންނަށް ވެސް ލިބިފައިވަނީ ކުރީ މަހު ލިބުނު 13338 ރުފިޔާ އާ އަޅާ ބަލާއިރު 3377 ރު. ގެ ދަށް ވުމަކާއެކު 646 ޑޮލަރު ނުވަތަ 9961 ރުފިޔާ އެވެ.

ތިންވަނައިގާ އޮތީ 596 ޑޮލަރ ނުވަތަ 9194ރު. އާއެކު ފޯސީޒަން ރިސޯޓް ތަކެވެ.

އެޕްރީލް މަހު 3 ވަނައިގާ އޮތް މިލައިދޫ ރިސޯޓް މޭމަހު ވަނީ 4 ވަނައިގައެވެ. އެރިސޯޓުގެ މުވައްޒަފުންނަށް ލިބިފައިވަނީ 540 ޑޮލަރ ނުވަަތަ 8327 ރުފިޔާ އެވެ.

މީގެ އިތުރުން ވައްކަރު ރިސޯޓުން ސަވިސްޗާޖަށް 400 ޑޮލަރ ނުވަތަ 6168ރު. ލިބިފައިވާ އިރު އަމިއްލަފުށި/ ފިނޮޅު ރިސޯޓުން ލިބިފައިވަނީ 288 ޑޮލަރ ނުވަތަ 4441ރު. އެވެ.

މިހިސާބު ތަކަށް ބަލާއިރު މިއީ ޓޫރިޒަމްގެ އޮފް ސީޒަނަށް ވެފައި ފާއިތުވި އެޕްރީލް މަހަށް ވުރެ މޭ މަހު ސާވިސްޗާޖް ގެ ގޮތުގައި ރިސޯޓް ތަކުން ލިބިފައިވާ ރުފިޔާ މަދު ކަން ފާހަގަ ކުރެވެއެވެ.

ސާވިސްޗާޖްގެ ގޮތުގައި ރާއްޖޭގެ ރިސޯޓުތަކުން 10 ޕަސެންޓް ކޮންމެ ޓޫރިސްޓެއްގެ އަތުން ނަގަ އެވެ. އޭގެ ތެރެއިން އެކި ރިސޯޓުތަކުން ބަހަނީ އެކި މިންވަރަށެވެ. ގިނަ ރިސޯޓްތަކުން ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އޮންނަނީ ސިއްރެއްގެ ގޮތުގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top