ބޮޑުއީދުގައި އޮންނަ”ޔާމީން 2018″ފުޓްބޯޅަމުބާރާތާއި މެޑަމްގެ ވާދައިގެ ތައްޓަށް ކުޅޭ ބަށިމުބާރާތް، މެޑަމްއާ ގުޅުމެއްނެތް

މިނިވަން50ގެ އުފަލުގައި އޭދަފުށީގައި ބޭއްވި އެމްޕީކަޕް ބަށި މުބާރާތުގެ ޗެމްޕިއަންޓީމް

މިނިވަން50ގެ އުފަލުގައި އޭދަފުށީގައި ބޭއްވި އެމްޕީކަޕް ބަށި މުބާރާތުގެ ޗެމްޕިއަންޓީމް

އަންނަ ބޮޑުއީދުގައި އޭދަފުށީ ޒުވާނުންގެ ކްލަބުން ބޭއްވުމަށް ހަމަޖެހިފައިވާ މެޑަމް ފާތިމަތު އިބްރާހީމްގެ ވާދައިގެ ތައްޓަށް ކުޅޭ ބަށިމުބާރާތާއި “ޔާމީން 2018” ގެ ނަމުގައި ބާއްވަން ނިންމާފައިވާ ބައިލައްކަރުފިޔާގެ ފުޓްބޯޅަ މުބާރާތަކީ ޕީޕީއެމްއާ ނުވަތަ މެޑަމްފާތިމާ އާ ގުޅުމެއްއޮވެގެން ކުރަމުން ގެންްދާކަމެއްއް ނޫންކަމަށް ޕީޕީއެމް އޭދަފުށިގެ ފޯކަލްޕޮއިންޓްގެ މަގާމުގައި ހުންނެވި އަލީޝަކީބު ވިދާޅުވެއްޖެއެވެ.

އަލީ ޝަކީބު ވިދާޅުވީ މިއިން އެއްވެސްކަމަކީ މެޑަމްގެ ފަރާތުން އެހީތެރިކަމެއް ލިބިގެން ނުވަތަ މެޑަމްގެ ބައިވެރިވުމެއް މިކަމުގައި އޮވެގެން ކުރާކަމެއްނޫންކަމުގައެވެ. އަދި މި މައުލޫމާތު ހާމަކުރަންޖެހުނީ މިކަމުގައި ރައްޔިތުންނަށް އަރާފާނެއޮޅުމެއް ސާފުކޮށް ދިނުމަށް ކަމަށްވެސް އަލީ ވިދާޅުވިއެވެ.

އެހެންނަމަވެސް ވަރަށްއަވަހަށް މިފަދަ ބަށިމުބާރާތަކާ ފުޓްބޯޅަ މުބާރާތެއް ބާއްވާނެކަމަށް އަލީ ވިދާޅުވިއެވެ.

ފޯކަލްޕޮއިންޓް އެހެން ވިދާޅުވާއިރު މީގެކުރިން ޒުވާނުންގެކްލަބްގެ ފަރާތުން ވާހަކަދެއްކެވި މުހައްމަދު ޒާހިދު (ބައްޓޭ) ވިދާޅުވީ މެޑަމް ފާތިމަތު އިބްރާހީމްގެ ވާދައިގެތައްޓަށް ކުޅެވޭ ބަށިމުބާރާތާއި “ޔާމީން 2018″ގެ ނަމުގައި ބާއްވާ ފުޓްބޯޅަ މުބާރާތަކީ 2018 ގެ ރިޔާސީ އިންތިޚާބަށް ތާއީދު ހޯދުމަށް އެކްލަބްގެފަރާތުން މެޑަމްގެ އެހީތެރިކަމާއެކު ބާއްވަން ނިންމާފައިވާ މުބާރާތެއްކަމުގައެވެ.

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު