ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން މަޝްވަރާ ފަށައިފި

big_tdjzZ51FmEzl0GBtg2QhOSVsO.jpg

މުދަލާއި ހިދުމަތުން ނަގާ ޓެކްސް، ޖީއެސްޓީއާއި ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް، ޓީޖީއެސްޓީ ބޮޑުކުރުމަށް މަޝްވަރާތައް ފަށައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް ބޮޑުވެފައިވާތީ އިގްތިސޯދު ހަމައަކަށް އެޅުވުމަށްޓަކައި ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ކަމާ ގުޅޭ އިދާރާތަކާއި އެހެންވެސް ފަރާތްތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. ނަމަވެސް ޓީޖީއެސްޓީ އާއި ޖީއެސްޓީއަށް ގެންނާނީ ކޮން ބަދަލުތަކެއްކަން ނުވަތަ އެ ބަދަލުތައް ގެންނަނީ ކޮން އިރަކު ކަމެއް އަދި ނުނިންމާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފިނޭންސުން ބުނީ، ޓީޖީއެސްޓީ އަދި ޖީއެސްޓީއަށް ބަދަލު ގެންނާނީ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރުމަށް ފަހު އެ ފަރާތްތަކުން ބޭނުންވާ ގޮތްތަކަށް ބަލައިގެން ކަމަށެވެ.

ޓީޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މަޓީއާއި މަޓާޓޯ ފަދަ ޖަމިއްޔާތަކާ އެކު މަޝްވަރާކޮށްފަ އެވެ.

އެ ބައްދަލުވުން ތަކުގައި މަޝްވަރާކުރީ ޖީއެސްޓީ 6 ޕަސެންޓުން 8 ފަސެންޓަށް ބޮޑުކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމަށެވެ.

ޖީއެސްޓީއަކީ އާންމުންނަށް ވިއްކާ އަސާސީ މުދަލުން ނަގާ ޓެކްހެވެ. ޓީޖީއެސްޓީ އަކީ ޓޫރިސްޓުންނަށް ވިއްކާ އަދި ޓޫރިސްޓުން ހޯދާ ހިދުމަތްތަކުން ނަގާ ޓެކްހެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީއަކީ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ދާއިރާއެވެ. އެ ޓެކްސްތައް ބޮޑުކޮށްފިނަމަ ތަކެތީގެ އަގުތަކަށާއި ހިދުމަތްތުގެ އަގު ބޮޑުވެގެންދާނެއެވ

މުދަލާއި ހިދުމަތްތަކުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް 2011 އަހަރު އަމަލު ކުރަން ފެށިއިރު ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން އައީ 3.5 ޕަސެންޓެވެ. އެއަށްފަހު 2012 އަހަރުގެ ހަ ޕަސެންޓުގެ ޓީޖީއެސްޓީ ބޮޑުކުރި އެވެ. އެންމެ ފަހުން ޓީޖީއެސްޓީއަށް ބަދަލު ގެނެސްފައިވަނީ 2014 ވަނަ އަހަރު އެވެ. އެ އަހަރު ވަނީ ޓީޖީއެސްޓީން 12 ޕަސެންޓް ނަގަން ނިންމާފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top