ދިވެހި ބަހުގެ އެކަޑެމީ ”ޓިކްޓޮކް“އަށް . ޚާއްސަ އެޕެއްވެސް އިފްތިތާހު ކޮށްފި

photo_2021-04-14_15-12-32-p5p84o58q4u21w5196odqpjbrylajfjcp5q2wu05g4.jpg

މިއަދު ފާހަގަކުރާ ދިވެހި ބަހުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ދިވެހި ބަހުގެ އެކެޑަމީގެ ރަސްމީ ޓިކްޓޮކް އެކައުންޓް އިފްތިތާހު ކޮށް، ދިވެހިބަސް ޓެކްނޮލޮޖީއާ ރައްޓެހި ކުރުމަށް ހާއްސަ އެޕެއް ވެސް އިފްތުތާހު ކޮށްފިއެވެ.

ދިވެހިބަހުގެ އެކެޑެމީގެ ރަސްމީ ޓިކްޓޮކް އެކައުންޓް އިފްތިތާހު ކޮށްދެއްވީ އެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ އެވެ.

ދިވެހިބަހުގެ އެކެޑަމީން ދިވެހިބަސް ޓެކްނޮލޮޖީއާ ރައްޓެހި ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން މިއަދު އިފްތިތާހުކުރި އެޕަކީ، “އިއްވި ލިޔަނި” “ލިޔަނި އިއްވި” މި ނަމުގައި އިފްތިތާހްކުރި އެޕެކެވެ.

މި އެޕް އިފްތިތާހުކޮށްދެއްވީ، ފަންނާއި ސަގާފަތާއި ތަރިކައިގެ މިނިސްޓްރީގެ މުޝީރު، ނ.ޢ.ޢ.ވ އަލްފާޟިލް އަބްދުﷲ ސާދިގެވެ.

މި އެޕަކީ ދިވެހިބަހުން ލިޔާ އެއްޗެއް ފަންނިއްޔާތުގެ އެހީގައި އަޑުއަހާލެވޭ އަދި ދިވެހިބަހުން އިއްވާ އަޑުތައް ލިޔުމެއްގެ ގޮތަށް ބަދަލުކޮށްލެވޭ އެޕެއްކަމަށް ދިވެހި ބަހުގެ އެކަޑަމީން ބުނެއެވެ.

ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އެޕްރީލް 14ވަނަ ދުވަސް ފާހަގަކުރާއިރު، މި އަހަރުގެ ދިވެހި ބަހުގެ ދުވަހަށް ޚާއްސަ ކޮށްފައިވާ ޝިއާރަކީ، “ދިވެހިބަހުން ބުނަމާ! އަދި ލިޔަމާ” އެވެ.

ކޮންމެ އަހަރެއްގެ އޭޕްރީލް 14 ވަނަ ދުވަހު ފާހަގަކުރާ ދިވެހިބަހުގެ ދުވަހަކީ، ދިވެހިބަހާއި އަދަބިއްޔާތާއި ތާރީޚަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި އަލްއައްލާމާ ހުސައިން ސަލާހުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ދުވަހަށް ނިސްބަތްކޮށް ފާހަގަކުރާ ދުވަހެކެވެ. މަރްހޫމް ހުސައިން ސަލާހުއްއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ، 14 އޭޕްރިލް 1881 ގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top