ޕީޕީއެމް އިން ދާއިރާ ރައީސުންނާއި ރަށު ރައީސުން ހޮވަނީ

b_MMgmnHxAA7hw5mg2fJPZxsGTm.jpeg

3 އޮގަސްޓް 2022، ޕީޕީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް، ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާއު ވާހަކަ ދައްކަވަނީ ---- ފޮޓޯ: ޕީޕީއެމް

ޕީޕީއެމުން އެޕާޓީގެ ހިންގުމަށް ބަދަލުތަކެއް ގެނެސް އިދާރީ ދާއިރާތަކަށް ރައީސުން ކަނޑައެޅުމުގެ ގޮތުން އިންތިހާބެއް ބާއްވަން ނިންމައިފިއެވެ.

ޕީޕީއެމުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމް އާއި ޕީއެންސީގެ އިންތިހާބާ ބެހޭ ކޮމެޓީން ބުނީ ޕީޕީއެމްގެ ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ނިންމީ، އެޕާޓީގެ ހުރިހާ ގުނަވަންތަކެއް މިހާރަށްވުރެ ބޮޑަށް ހަރަކާތްތެރިވުން އިތުރުކޮށް ރައީސް ޔާމީނަށް 2023 ކާމިޔާބުކޮށް ދިނުމުގެ ބޭނުމުގައި ކަމަށެވެ. ޕީޕީއެމްގެ ހިންގުމުގެ އޮނިގަނޑަށް ބަދަލު ގެންނެވީ ރައީސް ޔާމީން ކަމަށާއި އެއީ ޕާޓީގެ މެންބަރުންގެ ޚިޔާލާއީ މަޝްވަރާގެ މަތިން ކަމަށް ވިދާޅުވިއެވެ.

އެގޮތުން ގެނައި ބަދަލާއެކު ރާއްޖޭގެ 87 ދާއިރާއަކަށް ރައީސުން ކަނޑައެޅުމަށް އިންތިހާބު ބާއްވާނެ އެވެ.

އިންތިހާބާ ބެހޭ ކޮމެޓީން ބުނީ މި އިންތިހާބުގައި ޕީޕީއެމް އާއި ޕީއެންސީގެ ހުރިހާ މެންބަރުންނަށް ވޯޓް ލެވޭނެ ކަމަށާއި ޒުވާނުންގެ ހަރަކާތުގެ ރަށުގެ ރައީސް ހޮވުމުގެ އިންތިހާބު ހުރިހާ ރަށެއްގައި ކުރިއަށް ގެންދާނެ ކަމަށެވެ. ޒުވާނުންގެ ހަރަކާތުގެ ރަށުގެ ރައީސް ހޮވުމުގެ އިންތިހާބުގައި އެ މަގާމުތަކަށް ކުރިމަތި ލެވޭނީ އަދި ވޯޓް ލެވޭނީވެސް އުމުރުން 35 އަހަރުން ދަށުގެ މެންބަރުންނަށެވެ.

އަންހެނުންގެ ހަރަކާތުގެ ރަށުގެ ރައީސް ހޮވުމުގެ އިންތިހާބުގައި ވޯޓްލެވޭނީ ދެ ޕާޓީގެ އަންހެން މެންބަރުންނަށެވެ.

ކޮމިޓީން ބުނި ގޮތުގައި އެތެރޭގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 13 އިން 25 އަށް ވަނީ ހުޅުވާލާފަ އެވެ. އިންތިހާބު ބޭއްވުމަށް ހަަމަޖެހިފައިވަނީ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު އެވެ.

އިންތިހާބުގައި ވޯޓުލާން ބޭނުންވާ މީހުން ރީ-ރަޖިސްޓާވުމަށް ހުޅުވާލާނީ ސެޕްޓެމްބަރު 15 ވަނަ ދުވަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top