ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ހަ ދަރިވަރަކު ގަދަ 10 ގައި

0-02-06-825361251fb220362eb679e8ae2fe27df9f36a0f44abc22b49fc6786efe23624_b20b1e89_1531883367-1024x674.jpg

އޯލެވެލް ގަދަ 10 ގައި ހިމެނުނު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން- ފޮޓޯ/ އީޓީ

މިދިޔަ އަހަރުގެ ސާނަވީ އިމްތިހާންގައި ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ހަ ދަރިވަރަކު ހިމެނި އޭގެ ތެރެއިން އެއް ދަރިވަރަކު ދުނިޔޭގެ ގަދަ 10 ގެ ތެރޭގައިވެސް ހިމެނިއްޖެއެވެ. ދުނިޔޭގެ ގަދަ 10ގެތެރޭގައި ހިމެނިފައިވަނީ ބ.ކަމަދޫ މަލަސް މުހައްމަދު އިޔާން އެވެ.

ޓްރެވެލް އެންޑް ޓުއަރިޒަމް މާއްދާއިން އިޔާންވަނީ ދުނިޔޭން 5 ވަނަ ހޯދާފައެވެ. މީގެ އިތުރުން އަޔާން ވަނީ ބ. އަތޮޅު ތައުލީމީ މަރުކަޒުން މިދިޔަ އަހަރު އޯލެވެލް ނިންމި ކުދިންގެ ތެރެއިން ރާއްޖޭގެ ގަދަ 10 ގެ ފަސް ވަނައިގައި ވެސް ހިމެނިފަ އެވެ.

ޓްރެވެލް އެންޑް ޓުއަރިޒަމުން ދުނިޔެއިން ފަސް ވަނަ ހޯދި އިޔާން އަށް އިނާމު ހަވާލުކޮށްދެއްވަނީ.–ފޮޓޯ:ސަން އޮންލައިން

އިޔާންގެ އިތުރުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަސް ދަރިވަރަކު ވަނީ ރާއްޖޭ ގަދަ 10 ގައި ހިމެނިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އޭދަފުށީ ސަބްދެލިގޭ ފާތުމަތު ޔުމްނާ އާތިފް އާއި ސ. ހިތަދޫ، މެޓްރޯވިލާ އައިޝަތު ރަފާހާ ރަޝީދު އާއި އޭދަފުށީ ޖީޒާ ފާތުމަތު ޔުމްނު ޔޫސުފް ޒިޔާދު އާއި އޭދަފުށި ސައިމާގޭ، ހިނާ ހަމްދީ އާއި ވައިޖެހޭގޭ މަރިޔަމް ނަޖާ އަބްދުﷲ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top