ރެޑްވޭވުން ސައުތު އެފްރިކާގެ މަޝްހޫރު ބްރޭންޑްތަކެއް ތައާރަފްކޮށްފި

big_heHzEeiz4JEAtHGwYg0YLyfxN.jpg

''ރެޑްވޭވް''އިން އަލަށް ތައާރަފް ކުރި ބައެއް ކާނާ

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވްސަލީމް) ގެ ރެޑްވޭވް ކުންފުނިން މި ފަަހަރު ރާއްޖެއަށް އަލަށް ސައުތު އެފްރިކާގެ މަޝްހޫރު ބައެއް ބްރޭންޑްތައް ތައާރަފް ކޮށްފި އެވެ.

”ރެޑްވޭވް” ކުންފުނީގެ ފިހާރަތަކަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑް ތަކުގެ މުދާ ރާއްޖެއަށް ތައާރަފްކޮށް އާއްމު ރައްޔިތުން އަތްފޯރާފަށަށް ގެނައުމުގައި ކާމިޔާބު ކަމާއެކު ވިޔަފާރިކުރާ ކުންފުންޏެއްގެ ގޮތުގައި އާއްމުން ބަލައިގެންފައިވާ ފިހާރަ ތަކެކެވެ.

އެގޮތުން މިފަހަރު ތައާރަފްކޮށްފައި ވަނީ ސައުތު އެފްރިކާގެ ބްރޭންޑު ތަކުގެ ތަފާތު ލުއި ކާނާ އާއި، ޑެއިރީ އާއި ސޯސްގެ ބާވަތްތަކެވެ. މީގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައް ވެސް މިފަހަރު ތައާރަފްކޮށްފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

އަލަށް ތައާރަފް ކުރި މުދަލުގެ ތެރޭގައި ދުނިޔޭގެ ނަންހިނގާ ޑޮރީޓޯސް، ލޭސް އަދި ސައުތު އެފްރިކާގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ އޯމާ ރަސްކު ފަދަ ބްރޭންޑްތަކުގެ އެކި ކަހަލަ ލުއިކާނާގެ އިތުރުން، “އެނާގޭޑް” ސްޕޯޓްސް ޑްރިންކްވެސް މިހާރު ރެޑްވޭވުން ލިބޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

މީގެ އިތުރުން ޔަމްޔަމް ޕީނަޓް ބަޓާ، ފަސްޓް ޗޮއިސްގެ ޑެއިރީގެ ބާވަތްތަކާއި، މަނޯލީސް މަންޗީސްގެ އެކި ކަހަލަ ނަޓްސް އަދި ޑްރައިޑް ފްރުޓްސްވެސް ލިބެން އެބަހުރި ކަމަށާ، ސްކޫލް ކުދިންގެ އިންޓަވަލް އަށް ބޭނުންވާނެ ބުއިންތަކާއި، ޔޯގަޓް އަދި ފްލޭވާޑް މިލްކް ވެސް މިހާރު ލިބެން އެބަހުއްޓެވެ.

ރެޑްވޭވް ގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮލިޓީ ރަނގަޅު މޮޅު ބްރޭންޑްތަކެއް ރާއްޖޭގެ މާކެޓަށް ހެޔޮ އަގެއްގައި ތައާރަފްކުރުމާ އަދި ވީހާވެސް ގިނަ ކަސްޓަމަރުން ސައުތު އެފްރިކާ މިބްރޭންޑްތަކުގެ އަޖުމަ ބެލުންކަމަށް ކުންފުނިން ހާމަކުރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top