މުޖްތަމައު ބާރުވެރި ކުރުވުމަށް މަދަނީ ޖަމިއްޔާތަކުން ކުރާ މަސައްކަތަށް އެހީތެރި ވުމުގެ ގޮތުން 15 ޖަމިއްޔާ އަކަށް ޔޫތު މިނިސްޓްރީން މާލީ އެހީވެދީފި އެވެ.
މި އެހީއަކީ އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމުގެ ގޮތުން މަދަނީ ޖަމިއްޔާތަކުން ހިންގާ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޔޫތު މިނިސްޓްރީން ވެދޭ މާލީއެއްކަމަށް ޔޫތު މިނިސްޓްރީން ހާމަކުރެ އެވެ.
ހޮޓެލް ޖެން ގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި ޖަމިއްޔާތަކަށް އެހީ ހަވާލު ކޮށްދެއްވީ މި ވަގުތު އެ މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނެވި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމެވެ.
އެންޖީއޯތަކަށް މާލީ އެހީ ދިނުމަށް ހުޅުވާލި ފުރުސަތުގައި 62 ޖަމިއްޔާއަކުން ޕްރޮޕޯސަލް ހުށައެޅިއެވެ. މާލީ އެހީ ދިނުމަށް ހޮވުނު ޕްރޮޖެކްޓްތަކުގެ ތެރޭގައި ތިމާވެއްޓާމެދު މީހުން ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓްތަކާއި ރަށްރަށުގައި އިޖްތިމާޢީ ސަރަޙައްދުތައް ގާއިމުކުރުމާ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރުމުގެ ޕްރޮޖެކްޓްތައް ހިމެނެއެވެ
މާލީ އެހީ ލިބުނު ޖަމިއްޔާތަކަކީ:
1. ނަލަފެހި މީދޫ
2. ލިވް އެންޑް ލާން އެންވަޔަރަމަންޓަލް އެޑިއުކޭޝަން މޯލްޑިވްސް
3. މޯލްޑިވްސް ފެމިލީ ފައުންޑޭޝަން
4. ހުވަދޫ އެއިޑް
5. ތިނަދޫ އެސޯސިއޭޝަން ފޯ ޔޫތު ޑެވެލޮޕްމަންޓް އެންޑް އެމްޕަވާމަންޓް
6. އިންސްޓިލް މޯލްޑިވްސް
7. ތަކަންދޫ އެކުވެރިންގެ ރޫޙް
8. ނައިފަރު ޖުވެނައިލް
9. ނަޑެއްލާ އައިލެންޑް ޑެވެލޮޕްމަންޓް ސޮސައިޓީ
10. ޑައިބިޓީސް ސޮސައިޓީ އޮފް މޯލްޑިވްސް
11. ނެޓްވޯކް އޮފް ޑެވެލޮޕިންގ ސޮސައިޓީ
12. ވެށިސާފު
13. ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރު
14. ޖާނީ
15. ކެއާ ’88 އީ.ޕީ.އެސް.އެސް