މޯލްޑިވިއަންގެ ޓިކެޓްގެ އަގުތައް ބޮޑުކޮށްފި

272828_9db1ce8f-e_1.jpg

ގައުމީ އެއާލައިން، މޯލްޑިިވިއަންގެ ޓިކެޓް އަގުތައް ބޮޑުކޮށްފި އެވެ.

އައިލެންޑް އޭވިއޭޝިއަން އިން ބުނީ މި މަހުން ފެށިގެން ޓިކެޓްގެ އަގު ބޮޑު ކޮށްފައިވަނީ އެއާޕޯޓް ހޭންޑްލިން ޗާޖުތައް ބޮޑު ކުރުމުން ކަމަށެވެ.

މި ބަދަލުތަކާ ގުޅިގެން ހުރިހާ ސަރަހައްދު ތަކަށް ކުރާ ދަތުރުތަކުގެ އަގުވެސް އެކުންފުނިން ވަނީ ބޮޑުކޮށްފަ އެވެ.

އެގޮތުން ކާޑެއްދޫއަށް ކުރާ ދަތުރު ތަކުން 180 ރުފިޔާ ބޮޑު ކޮށްފައިވާ އިރު އެހެނިހެން ތަން ތަނަށް ވަނީ 70 ރުފިޔާ ބޮޑުކޮށްފަ އެވެ.

މޯލްޑިވިއަންގެ އަގުތައް ދޭތެރެއަކުން ބޮޑު ކުރަމުން ގެންދެ އެވެ. ތެލުގެ އަގު ބޮޑުވާއިރަށް ފިއުލް ޗާޖު ބޮޑުކޮށްގެން ޓިކެޓުގެ އަގު ބޮޑުކުރުމަކީ މޯލްޑިވިއަން އިން ކުރަމުން ގެންދާ ކަމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top