ރޯދައަށް އެސްޓީއޯ އިން ފިޔާ އަލުވި ބިސް ގެނެސްފި

STO-Fiyaa.jpg

މީގެކުރިން ރަމަޟާން މަހާ ދިމާކޮށް އެސްޓީއޯ އިން ގެނެސްފައިވާ ފިޔާ ބަސްތާތަކެއް: ފޮޓޯ / އެސްޓީއޯ

އެސްޓީއޯއިން ރޯދަ މަހަށް ފިޔާ، އަލުވި އަދި ބިސް ގެނެސް ވިއްކަން ފަށައިފިއެވެ.

ނަމަވެސް ރާއްޖެ ތެރޭގައި ހުންނަ އެސްޓީއޯ ފިހާރަތަކަށް އަދި ފިޔާ އަލުވި ބިސް އަދި ނުފޮނުވޭ ކަމަށާއި އެ ތަކެތި ފޮނުވޭނެ ކަމަށް ބުންޏެވެ. އެ ތަކެތި ސަރަހައްދީ އެހެން ރަށްރަށަށް ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އެހީތެރިވާނެކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އިއްޔެއިން ފެށިގެން ހެޔޮ އަގުގައި ވިލާ، އަލުވި، ބިސް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލް ސެންޓަރުން ވިއްކަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެސްޓީއޯ އިން ބުނީ ރޯދަ މަހު ފިޔާ، އަލުވި، ބިސް ހުސްވިޔަނުދީ ހިފެހެއްޓުމަށް، ޑިމާންޑް އަދި ސަޕްލައިއަށް ބަލައިގެން، ޖުމްލަ ހަ ޝިޕްމެންޓްއެއް ގެނައުމަށް ވަނީ ރޭވިފައި ކަމަށެވެ. އެގޮތުން ފުރަތަމަ ޝިޕްމަންޓް ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ގެނެސްފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ އިން މި ފަހަރުވެސް ބިހެއް އެއް ރުފިޔާ ހަތްދިހަ ފަސް ލާރިއަށް ލިބޭނެ އިރު، ބިސް ކޭހެއް ލިބެނީ 320 ރުފިޔާއަށެވެ. މިއީ އެސްޓީއޯއިން ނިމިދިޔަ އަހަރުގެ ރޯދަމަހާ ދިމާކޮށްވެސް އެ ތަކެތި ވިއްކި އަގެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top