މިއަދާ މާދަމާ ވެސް ވަރަށް ވިއްސާރަ: މެޓް އޮފީސް

DSCN9825.jpg

މޫސުން ގޯސް ދުވަހެއް --އީވީ ފައިލް ފޮޓޯ

ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިއަދާ މާދަމާވެސް ވަރަށް ވިއްސާރަ ވާނޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެ ވައިޓް އެލާޓް ނެރެފި އެވެ. މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމުން މެޓް އޮފީހުން ބުނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަ ވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އުތުރަށް ވައިޓް އެލާޓު ނެރެފައިވަނީ މިއަދު ހެނދުނު 07:00 އިން ފެށިގެން މެންދުރު 13:00 އާއި ހަމައަށެވެ.

ދެކުނަށް ވައިޓް އެލާޓު ނެރެފައިވަނީ މިއަދު ހެނދުނު 06:30 އިން ފެށިގެން 11:30 އާއި ހަމައަށެވެ. މެޓު އޮފީހުން ބުނީ ވައިޓް އެލާޓު ވަގުތުގައި މި ސަރަހައްދަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަ ވާނެ ކަމަށްވެސް މެޓު އޮފީހުން ވަނީ ބުނެފައެވެ.

ރާއްޖޭގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑު ވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މިދިޔަ ހަފުތާ އިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހި، ބައެއް ރަށްރަށަށް އުދަ އަރާފައިވާއިރު މިހާރު ހިނގަމުން މި ދަނީ ހުޅަނގު މޫސުމުގެ ފުސް ނަކަތެވެ. މި ނަކަތުގައި އުޑުމަތީގައި ފުސް ވިލާ ގިނަވެފައި ބޯކޮށް ވާރޭ ވެހުން ގިނަވާނެ އެވެ. މި ނަކަތް މިމަހުގެ 28 އާ ހަމައަށް ދެމިގެން ދާނެ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top