ސަމާލް! އެކައުންޓް ވެރިފައި ކުރަން މެއިލް އެއް ނުފޮނުވާނެ: ބީއެމްއެލް .

CznInS7XEAItC8c-800x450-800x450.jpg

ބީއެމްއެލް އޭދަފުށި ބްރާންޗް

އިންޓަނެޓް ބޭންކިންއާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ކަމަށްބުނެ ބީއެމްއެލްގެ ނަމުގައި އީމެއިލް ފޮނުވަނީ އޮޅުވާލައިގެން ކަމަށާއި އެކަމަށް ސަމާލުވުމަށް އެ ބޭންކުން މިއަދު އިލްތިމާސްކޮށްފި އެވެ.

ބީއެމްއެލްގެ ނަމުގައި ފޮނުވަމުންދާ އީމެއިލްގައި ބުނެފައިވަނީ އެއީ މުހިންމު ސެކިއުރިޓީ ޗެކެއް ކަމަށާއި، އިންޓަނެޓް ބޭންކިންގެ މައުލޫމާތު، މެއިލްގައި ހިމަނާފައިވާ ލިންކުގައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.

އެހެން ނަމަވެސް ބީއެމްއެލްއިން މިއަދު ބުނީ މިއީ “ފިޝިން” (ފޭކް) އީމެއިލްއެއް ކަމަށެވެ. އަދި އެ ބޭންކުން އިންޓަނެޓް ބޭންކިން ނުވަތަ އެކައުންޓްގެ އެއްވެސް މައުލޫމާތެއް އީމެއިލް މެދުވެރިކޮށް ނުހޯދާނެ ކަމަށް ބޭންކުން ހާމަކުރެއެވެ. މިގޮތަށް ބީއެމްއެލްގެ ނަމުގައި މެއިލްއެއް ލިބިއްޖެނަމަ، މެއިލް ފޮނުވި ފަރާތް ބްލޮކް ކޮށްލުމަށްފަހު އެ މެއިލް ޑިލީޓު ކުރުމަށް ވެސް ބީއެމްއެލްއިން އިލްތިމާސް ކުރެއެވެ.

މެއިލްގެ އިތުރުން ބީއެމްއެލްގެ ނަމުގައި ފޯނުން ގުޅައި، އޮޅުވާލައިގެން އެކައުންޓްގެ މައުލޫމާތު ހޯދުމަކީ ދޭތެރެ ދޭތެރެއިން ފެންމަތިވާ ވަރަށް އާންމު ކަމެކެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top