ދަރަވަންދޫގައި އަވަސް ފަރުވާދޭ މެޑިކަލް ސެންޓަރެއް އަޅަން ހަވާލު ކޮށްފި..

b_yM6OgeTm9Qg4WBrWT8fbY93kM.jpg

ހެލްތު މިނިސްޓަރު އަމީން-- ފޮޓޯ: ހެލްތު މިނިސްޓްރީ

ބ. ދަރަވަންދޫގައި އަވަސް ފަރުވާދޭ މެޑިކަލް ސެންޓަރެއް އެޅުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވަނީ އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއެވެ.

މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއެވެ. އެލްއެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުއްލަތީފެވެ.

އިންޑިއާ ސަރުކާރުގެ އެހީ އާއި ދިވެހި ސަރުކާރުން ހަރަދުކޮށްގެން ކުރިއަށްގެންދާ މިޕްރޮޖެކްޓް، އެލްއެފް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 200 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މި ޕްރޮޖެކްޓަށް އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި 7.47 މިލިއަން ރުފިޔާ އަދި ދިވެހި ސަރުކާރުގެ ބަޖެޓުން 980،000 ރުފިޔާ ހަރަދު ކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިވުމުގައި އެންމެ ގާތް އެކުވެރިޔާ ކަމަށާއި ހާއްސަކޮށް މިފަދަ ދަތި ދަނޑިވަޅުތަކުގައި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އެކަމަށްޓަކައި މިނިސްޓަރު ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top