ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ދާން ބޭނުންތަ؟ ސޮނޭވާއިން އެފުރުސަތު ފަހިކޮށްދެނީ.

002950-14-Jungle_Reserve.jpg

ސޮނޭވާފުށި

ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ސޮނޭވާއިން ޚާއްސަ ޕްރޮގްރާމެއް ފަށަން ނިންމައިފިއެވެ.

އެ ގޮތުން އުމުރުން 18 އަހަރާއި 21 އަހަރުގެ ޖީސިއީ އޯލެވެލް ފެންވަރުގެ ޒުވާނުންނަށޢް ޚާއްސަ ކޮށްގެން ސޮނޭވާފުށި ރިސޯޓުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެއްއަހަރުދުވަހުގެ އެޕެރެންޓެސްޝިޕް ޕްރޮގްރާމްގައ2ި ބައިވެރިވުމުގެ ދޮރު މިހާރު ހުޅުވާލާފައިވާއިރު  މިމަހުގެ 20 އިން ފެށިގެން އެރިސޯޓުގެ ފަރާތުން ބ.އަތޮޅުގެ އިތުރުން އައްޑޫ އަދި މާލޭގައި އޯޕަންޑޭގެ ހަރަކާތްތަކެއް ހިންގުމަަށް ނިންމާފައި ވެއެވެ.

މާލޭގައި އޯޕަންޑޭ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20ގައެވެ. އޭދަފުށީގައި މިމަހުގެ 25ގައެވެ.

ސޮނޭވާއިން ހިންގާ މި ޕްރޮގްރާމްގެ ދަށުން އެފްއެންޑްބީ، ފްރަންޓް އޮފީސް، އެޗްއާރް އަދި ގެސްޓް ރިލޭޝަންސް އާއި ހައުސްކީޕިންގގެ ދާއިރާއިން ކުދިން ތަމްރީނު ކުރެވޭނެއެވެ.

މި ޕްރޮގްރާމާއި ބެހޭ މައުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން  ސޮނެވާފުށީގެ ނަންބަރު 6603244 އަދި 6603245 އާ ގުޅުއްވުމުން ލިބޭނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވަން ބޭނުންވާ ޒުވާނުން jobs-maldives@soneva އަށް ސީވީ މެއިލްކުރުން އަވަސްކުރައްވާށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top