ލަންކާއަށް ޖައްސާލަން ރަނގަޅެއް ނޫންތަ! ޓިކެޓްގެ އަގު މާލެއިން އޭދަފުށްޓަށް ވުރެވެސް ހެޔޮ

news_2007_3_images_newsmihin_lanka_aircraft.jpg

ރޯދައިގެ ކުރިން ލަންކާއަށް ގޮސްލަން ރަނގަޅު ފުރުސަތެކެވެ. މިހިންލަންކާއިން ސްރީލަންކާ އަށް ދެކޮޅު ޓިކެޓެއް އެންމެ 107 ޑޮލަރަށް ވިއްކަން ފަށާނެކަމުގައި އެއެއަރލައިނުން ބުނެފިއެވެ. . މިއީ އޭދަފުށީ މާލެ ދެކޮޅު ދަތުރަށް ވުރެވެސް ހެޔޮ އަގެކެވެ.

މިހިން ލަންކާއިން ބުނީ މި އަގުގައި ޓިކެޓް ގަނެގެން  ޖޫން 30 އާ ހަމައަށް ދަތުރު ކުރެވޭނެ ކަމުގައެވެ. މީގެ އިތުރުން  މިހިން ލަންކާއާ މެދު އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަ ލަގެޖް އެލަވަންސްވެސް ވަނީ ބޮޑުކޮށްފައެވެ. މި ފެއަރގައި ދަތުރު ކުރާ އިކޮނޮމީ ކްލާހުގެ ފަސިންޖަރުންނަށް އިތުރު 10 ކިލޯއާ އެކު 30 ކިލޯގެ ބެގޭޖް އެލަވަންސް ދެވޭ އިރު، ބިޒްނަސް ކްލާހަށް 40 ކިލޯގެ އެލަވަންސް ލިބެއެވެ.

އެއަރލައނުން ބުނީ މި ފެއަރގައި ޓިކެޓް ވިއްކާނީ މަދުވެގެން ދެމީހަކު ނުވަތަ ގިނަވެގެން 8 މީހުން އެކުގައި ދަތުރުކުރާނަމައެވެ.  އަދި މިފެއަރގެ ޓިކެޓް ޖޫން 30 އާހަމައަށް ބޭނުންކުރެވުނު ކަމުގައި ވިޔަސް ފެއަރގެ ޓިކެޓް މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ނަގަން ޖެހެއެވެ.

މިހިން ލަންކާއިން ކޮންމެ ހަފްތާއެއްގެ އާދީއްތަ، އަންގާރަ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ރާއްޖެއަށް ފްލައިޓުތައް ބާއްވަ އެވެ. މިހިން ލަންކާގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓަކީ އޭސް އޭވިއޭޝަން ސާވިސަސް މޯލްޑިވްސް އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top