އާލިޔާ އާއި ރަންބީރު ކިހަވައް މޯލްޑިވްސްގައި!

b_y3EVri43s7T4lHtRAB3lfA54r.jpeg

ބޮލީވުޑްގެ އެންމެ މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ ރަންބީރު ކަޕޫރާއި އާލިޔާބަޓް ބ.އަތޮޅުގައި އޮންނަ ކިހާވައް މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

އިއްޔެގެ ވަގުތެއްގައި އާލިއާ އަދި ރަންބީރު ރާއްޖެއަށް އައިސްފައިވާއިރު، އެ ދެތަރިން އެއާޕޯޓުން ފެންނަ ފޮޓޯތަކެއް ވަނީ މީޑިއާގައި ފެތުރިފައެވެ.

އާލިއާ ބަޓް ކޮވިޑަށް ޕޮޒިޓިވް ވުމަށްފަހު ވަރަށް ފަހުން ނެގެޓިވް ވެފައިވާކަން ނޫސްތަކުން ރިޕޯޓު ކޮށްފައި ވާއިރު ރަންބީރުވެސް ވަނީ ކުރިން ކޮވިޑަށް ޕޮޒިޓިވް ވެ ރަނގަޅުވެފައެވެ.

އިންޑިއާގެ ކޮވިޑުގެ ހާލަތު ގޯސްވެ އެގައުމުގެ ބައެއް ސަރަހައްދުތައް ލޮކްޑައުން ކޮށްފައިވާ ދަނޑިވަޅެއްގައި ބޮލީވުޑްގެ ގިނަ ތަރިން އަންނަނީ ޗުއްޓީއަށް އެގައުމުން ބޭރަށް ފުރާފައެވެ.

އާލިއާ އަދި ރަންބީރުގެ އިތުރުން، ސިދާތު މަލްހޯތުރާއާއި ކިއާރާ އަދްވާނީވެސް އަންނަނީ ކިހާވައްމޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންނެވެ. މިދެތަރިން ރާއްޖެ އައިސްފައިވަނީ މީގެ ދެ ދުވަސްކުރިން ކަމަށް ވެއެވެ.

މީގެ އިތުރުން ދިޝާ ޕަޓާނީ އާއި ޓައިގާ ޝްރޮފް އަދި ސާރާ އަލީ ހާން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ގެންދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top