ޕޮޒިޓިވިޓީ ރޭޓް 5 އިންސައްތަ އަށްވުރެ މަތީ ރަށްރަށް އާންމުކޮށްފި

DSCN9334-1.jpg

ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމްކޮށްފައި ހުންނަ ރީޖަނަލް ކޮވިޑް ސެންޓަރު--ފޮޓޯ :އީވީ

ރާއްޖޭގައި ކޮވިޑް ގެ ރޭޓް 5 އިންސައްތައަށް ވުރެ މަތީގައި ހުރި ރަށްރަށް އެޗްޕީއޭ އިން އާންމު ކޮށްފިއެވެ.

އެޗްޕީއޭއިން ރޭ އާންމު ކޮށްފައިވާ ލިސްޓުގައި ވާގޮތުން މާލެ ސަރަހައްދު ނުހިމެނޭގޮތަށް ކޮވިޑް ކޭސްތައް ފަސް އިންސައްތައަށް ވުރެ މަތީގައި ހުރީ ހަ ރަށެއްގައެވެ.

އެއީ މާލޭގެ އިތުރުން، ކ. ހުރާ އާއި ދިއްފުށީގެ އިތުރުން ބ. މާޅޮހާއި ޅ. ނައިފަރާއި އދ. މާމިގިލި އަދި ތ. ވޭމަންޑޫގައެވެ.

އެޗްޕީއޭ އިން ބުނީ ދެ ވެކްސިން ފުރިހަމަ ކޮށްފައި ވިޔަސް މި ރަށްރަށަށް ދަތުރުކުރެވޭނީ ކޮވިޑްގެ ނެގެޓިވް ނަތީޖާއަކާ އެކު އެވެ.

ކޮވިޑް ވެކްސިނަށް ފަހު ކަރަންޓީންނުވެ ރަށްރަށަށް ދެވޭގޮތަށް އެޗްޕީއޭއިން ހަދާފައިވާއިރު އެ އުސޫލުގައިވާގޮތުން އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ އެ ރަށަކަށް ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ ކަމަަށެވެ. އަދި އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑް ވެކްސިންގެ ޑޯޒްތައް ހަމަވެފައިނުވާ ރަށްްރަށަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް ދެ ހަފުތާ ވެފައިވާ މީހުނަށް ކަރަންޓީނާ ނުލައި ދެވޭނެ އެވެ.

އެޗްޕީއޭގެ އުސޫލުގައި ބުނެފައިވަނީ ރަށެއްގައި ބަލި އުޅޭ ނިސްބަތް ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރު ނެގެޓިވް ނަތީޖާ ބޭނުންވާނެ ކަމަށާއި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން ދަތުރުކުރަން ޖެހޭނަމަ، ޕީސީއާރު ނެގެޓިވް ނަތީޖާ ބޭނުންވާނެ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން މާލެއިން އެހެން ރަށަކަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކުގެ ތެރެއިން، ވެކްސިން ފުރިހަމަކޮށް، ދެ ހަފްތާ ހަމަވެ، ނެގެޓިވް ޕީސީއާރް އެއް އޮތް ނަމަ، ކަރަންޓީނު ނުވެ ދަތުރުކުރެވޭނެ އެވެ.

ނަމަވެސް ބައެއް ރަށްރަށަށް އަރައިފޭބުން އަދިވެސް އޮތީ މަނާކޮށްފަ އެވެ. އެ ރަށްތަކަކީ:

  • ކ. ގުޅި
  • ކ. މާފުށި
  • ކ. ހުރާ
  • ކ. ދިއްފުށި
  • ޅ. ނައިފަރި
  • ޅ. ފެލިވަރު
  • ޅ. ހިންނަވަރު
  • އދ. މާމިގިލި
  • ތ. ވިލުފުށި
  • ތ. ވޭމަންޑޫ
  • ތ. ކިނބިދޫ
  • ތ. އޮމަދޫ
  • ތ. ގާދިއްފުށި
  • ތ. މަޑިފުށި
  • ބ. މާޅޮސް
  • ބ. އޭދަފުށި
  • އއ. ބޮޑުފުޅަދޫ

ރާއްޖޭގައި މިހާތަނަށް 26،505 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު މިވަގުތު މި ބައްޔަށް ފަރުވާ ހޯދަމުން ދަނީ 2،735 މީހުންނެވެ. އެޗްޕީއޭ އިން އިއްޔެ އާންމުކުރި ހިސާބުތަކުން ފެންނަ ގޮތުގައި 3،122 ސާމްޕަލް އިން 157 މީހުން ޕޮޒިޓިވްވެފައި ވެ އެވެ. މިހާތަނަށް 70 މީހަކު ކޮވިޑް ޖެހިގެން މަރުވެފައި ވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top