ކެންދޫ ކައުންސިލްގެ ދެވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނިއުސްޓާސް ހޯދައިފި

Aa-1024x805.jpg

ކެންދޫ ކައުންސިލްގެ ފަރާތުން ބާއްވަމުން އަންނަ ދެވަނަ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކެންދޫ ނިއުސްޓާރސް ހޯދައިފިއެވެ. ނިއުސްޓާސް ޗެމްޕިއަންކަން ހޯދާފައިވަނީ ވިނާސް ބޯއިސް އާ ބައްދަލުކޮށްގެން 3-ން މެޗް ކާމިޔާބުކޮށްގެންނެވެ. މިމެޗްގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދާފައިވަނީ ނިއުސްޓާރގެ ހުސެން ނަޒީހުއެވެ.

5 ޓީމް ބައިވެރިވެފައިވާ މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 22 އިން 30ގެ ނިޔަލަށް ކެންދޫގައެވެ.

މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ގޮތުގައި ހޮވިފައިވަނީ މުބާރާތުގައި އެންމެގިނަ ލަނޑުޖެހި ނިއުސްޓާރ ގެ ހުސައިން ނަޒީހުއާއި ވިނާސް ބޯއީސްގެ ހުސައިން ސުޖާއުގެ އިތުރުން ހުސައިން ރަޝީދު އާއި ޑީއެސްއާރުސީގެ ޔާސިރު އަހްމަދު އަދި ގްލޯރިއަސް ވިކްޓްރީގެ މުހައްމަދު ޝިމާނު އެވެ.

މި މެޗް ޝަރަފްވެރި ކޮށްދެއްވައި ޗެމްޕިއަން ޓީމަށް ތައްޓާއި އިނާމުދެއްވީ ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ އަހްމަދު ރީހާން އެވެ. އަދި ރަނަރއަޕްޓީމަށް އިނާމުދެއްވީ ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ އަހްމަދު އައިފަން އެވެ.

ޗެމްޕިއަން ޓީމަށް 15000ރ. އަދި ރަނަރއަޕްޓީމަށް 6000ރ. ކަނޑައެޅިފައި އޮތް މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ރަށުގެ ޒުވާނުންގެ މެޗުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުމަށްޓަކައި ބޭއްވުނު މުބާރާތެއްކަމުގައި ކެންދޫ ކައުންސިލުން ވިދާޅުވިއެވެ.

ކެންދޫ ކައުންސިލުން ވިދާޅުވިގޮތުގައި މި އަހަރުގެ މުބާރާތުގައިވެސް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބުނު ކަމަށާއި އެގޮތުން ޚާއްޞަ ގޮތެއްގައި އެސްޓީއޯ، ދިރާގު، ފްލައިމީ، ތިލަފުށި ކޯޕަރޭޝަން އަދި ޗެނަލް 13ގެ ނަން ކެންދޫ ކައުންސިލުން ފާހަގަކުރެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top