އޭދަފުށީގައި ޕޮޒިޓިވް ކޭސްތައް އިތުރުވަނީ !

DSCN4977.jpg

އޭދަފުށި

އޭދަފުށިން އިއްޔެ ހަވީރު، ކޮވިޑްގެ އަލާމާތްތައް ފެނިގެން ފުލޫ ކްލިނިކަށް ދެއްކި އަންހެނަކު ޕޮޒިޓިވް ވި ފަހުން ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު 7 އަށް އަރައިފި އެވެ.

އެއާއެކު ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންގޮސް، 12 މީހެއްގެ ސާމްޕަލް މިހާރު ވަނީ ނަގައިފަ އެވެ. އޭގެ ތެރެއިން ފަސް މީހެއްގެ ސާމްޕަލް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިވަގުތު ނަތީޖާ ނުލިބޭ އެއްވެސް ސާމްޕަލްއެއް ނެތްކަމަށް ބ. އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

އެއާއެކު މިރޭ އޭދަފުށިން ރެންޑަމްކޮށް 60 ސާމްފަލް ނެގުމަށް ހަމަޖެހިފައިވާކަމަށް ހޮސްޕިޓަލުން ބުނެއެވެ.

މީގެކުރިން އޭދަފުށިން މުޅިން ވެސް ޕޮޒިޓިވްވެފައި ވަނީ ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.

ހޮސްޕިޓަލުން ބުނި ގޮތުގައި ފްލޫ ކްލިނިކަށް ދެއްކި ދެމީހުން، އެކަކު އަނެކަކާ ބައްދަލުވެފައެއް ނުވެ އެވެ. އެހެންކަމުން އެ ރަށުގައި ކޮވިޑްގެ ދެ ކްލަސްޓާއެއް މިވަގުތު އެބަ އޮތެވެ.

ރަށުން ޕޮޒިޓިވް ކޭސް ތަކެއް ފެނުމާއެކު، މިވަގުތު މޮނީޓަރިން ހާލަތުގައި އޮތް އޭދަފުށީގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top