ދޮންފަނުގެ ކަރަންޓަށް ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓު ދީފި

img_md_202312230624071703337847.4333.jpeg

ދޮންފަނު އިންޖީނުގޭގައި ހިންގަމުން ދިޔަ ޖެނެރޭޓަރ ތަކަށް ދިމާވި މައްސަލަ ހައްލު ކުރަނީ: ފޮޓޯ / ފެނަކަ

ބ. ދޮންފަނު އިންޖީނުގޭގެ ޖެނެރޭޓަރ ތަކަށް ދިމާވި މައްސަލަ އަކާ ގުޅިގެން މުޅި ރަށުން ކަރަންޓް ގެ ޚިދުމަތް މެދުކުނޑިފައި އޮތުމަށް ފަހު މައްސަލަ ހައްލުކޮށް ކަރަންޓުގެ ޚިދުމަތް ދީފިއެވެ.

ދޮންފަނުން ކަރަންޓް ދިޔައީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

ދޮންފަނު އިންޖީނުގޭގައި ހިންގަމުން ދިޔަ ޖެނެރޭޓަރ ތަކަށް ދިމާވި މައްސަލަ އަކާ ގުޅިގެން މުޅި ރަށުންވަނީ ކަރަންޓު ޚިދުމަތް މެދުކެނޑިފައިވާކަަމަށް ފެނަކަ އިން ބުނީ މިއަދު މެންދުރު ފަހު 16:30 ގައެވެ.

އެރަށަށް ކަރަންޓް ހިދުމަތް ފޯރުކޮށްދެމުން އަންނަ ފެނަކަ ކުންފުނިން ބުނީ މައްސަލަ ދިމާވެފައި ވަނީ ޖެންސެޓަށް ކަމަށެވެ. ނަމަވެސް ދިމާވި މައްސަލައާ ގުޅޭ ތަފްސީލެއް ހާމަ ކޮށްފައި ނުވެއެވެ. އަދި މިހާރު އެ މައްސަލައަށް ވަގުތީ ހައްލެއް ހޯދާ ދިނުމަށްފަހު މުޅި ރަށަށް ކަރަންޓުގެ ހިދުމަތް އަލުން އަނބުރާ ފޯރުކޮށްދީފައިވާ ކަމަށް ފެނަކައިން ބުނެއެވެ.

ރާއްޖޭގެ ގިނަ ރަށްރަށަށް ފެނާއި ކަރަންޓު ފޯރުކޮށްދެމުންދާ ފެނަކައިގެ ޚިދުމަތްތަކަށް ބުރޫ އަރާ މައްސަލަ މި ފަހުން ވަނީ އިތުރު ވެފައެވެ. އެގޮތުން މި މަހު ކުރީ ކޮޅު އައްޑޫ ސިޓީގައި ފެނުގެ ހިދުމަތައް ދިމާވި މައްސަލައަށް ހައްލު ނުލިބި ތިން ދުވަސްވެފައިވެއެވެ.

މި މައްސަލަ ފެން ޕްލާންޓަށް ދިމާވެފައި ވަނީ ތާވަލު ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ކުރުމަށް އިސްކަންދީފައި ނުވާތީ އާއި ޔުޓިލިޓީ އޮތޯރިޓީން ނިޒާމުގެ އިންސްޕެކްޓްކޮށް ހައްލު ކުރަންޖެހޭ ކަންކަން އަންގާފައިވާ އުސޫލުގެ މަތިން ކޮށްފައި ނުވާތީ ކަމަށް ފެނަކަ އިން ވަނީ ބުނެފައެވެ.

ހަމައެހެންމެ މި ހުސްވި ހަފްތާގައި ޅ.ނައިފަރުންވެސް ފެން ކެނޑި އެކަމަށް ހައްލެއް ނުލިބި ގަޑިއިރު ތަކެއް ވަނީ ފާއިތުވެފައެވެ. އަދި އެ މައްސަލަ ދިމާވީ ގޭބީސީ ތަކުގެ އަދަދު އިތުރުވެ ފެނުގެ ޑިމާންޑް އިތުރުވުމުން ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top