16 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ބ.ގޮއިދޫ ސްކޫލުން ހޯދައިފި

big_cEePyO8Aomik6J87I1VwwlXNf.jpg

ގޮއިދޫ ،ސޯޅަ އަހަރުން ދަށުގެ ޗެމްޕިއަން ޓީމް -ފޮޓޯ :ވީއޭ އެމް

އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ސޯޅަ އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ބ.ގޮއިދޫ ސްކޫލް ހޯދައިފިއެވެ.

މިއަހަރު މުޅިން އަލަށް މިބައިގަ ވާދަކުރި ފ.އަތޮޅު ސްކޫލާއި ވާދަކޮށް ގޮއިދޫ ސްކޫލުން މިބައިގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި، ސީދާ ތިންސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައިވެސް ގޮއިދޫ ވަނީ މޮޅުކުޅުމެއް ދައްކާފައެވެ. އެގޮތުން ފުރަތަމަ ސެޓް ކާމިޔާބު ކޮށްފައިވަނީ 25-18 އިންނެވެ. ދެވަނަ ސެޓުވެސް 26-24 އިން ކާމިޔާބުކުރީ ގޮއިދޫ ސްކޫލުންނެވެ. އެއީ 26-24 އިންނެވެ. ފަހު ސެޓްވެސް 25-20 އިން ކާމިޔާބު ކުރީ ގޮއިދޫ ސްކޫލުންނެވެ.

މި ކާމިޔާބަށް ފަހު ސްކޫލުގެ ކޯޗް އަހުމަދު ނިޒާމް ބުނީ، ކުޅުންތެރިން ދެއްކީ މޮޅު ކުޅުމެއް ކަމަށާއި، ސީދާ ތިން ސެޓުން ފައިނަލް މެޗު ކާމިޔާބުކުރެވުމުން ވަރަށް ހިތްހަމަޖެހޭކަމަށެވެ. އަދި ޓީމުގައި އައު ކުޅުންތެރިންވެސް ގިނަ ކަމަށާއި، ޚާއްސަ ކޮށް މިއުމުރުގައި މެޗުގެ ޕްރެޝަރ ހިފައްޓާލަން ނޭނގުމުން އެތަންކޮޅު ވަރަށް ބޮޑަށް ދެއްކި ކަމަށެވެ.

“ވަރަށް ހިތްހަމަޖެހިއްޖެ ސީދާ ތިންސެޓުން ކާމިޔާބު ކުރެވުނީމަ. އެކަމު ފައިނަލް މެޗެއްވީމަ މިވަރުގެ ކުދިންނަށް ޕްރެޝަރ ހިފައްޓާލަން ތަންކޮޅެއް އުނދަގޫ. ފަހުބައިގަ އެހާ ވާދަވެރި ވީވެސް އެހެންވެ.” ނިޒާމް ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top