ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

3596.jpg

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯ އިން ވިއްކަމުން ގެންދާ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި އެވެ.

އެސްޓީއޯ އިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތާ ދުވަސްތަކެއްވުމާއި ގުޅިގެން، ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގުވެސް ވަނީ އުފުލިފައި ކަމަށާ އެހެންކަމުން، ރާއްޖޭގައި ވިއްކާ ތެލުގެ އަގު މިއަދުން ފެށިގެން ބަދަލު ކުރަން ނިންމީ ކަމަށެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާ ކުންފުނިން މިހާރު ޕެޓްރޯލް ލީޓަރެއް ވިއްކާނީ 8.44 ރުފިޔާ އަށެވެ. އަދި ޑީސަލް ލިޓަރެއް ވިއްކާނީ 9.19ރ. އަށެވެ. މީގެ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 8.07 ރުފިޔާ އަށެވެ. އަދި ޑީސަލް ލީޓަރެއްގެ އަގަކީ 8.71 ރުފިޔާ އެވެ.

ކުރިން ވިއްކި އަގާބަލާއިރު މިހާރު މިވަނީ ޑީސަލް ލިޓަރަކުން 48 ލާރި އަދި ޕެޓްރޯލް ލިޓަރަކުން 37 ލާރި ބޮޑުކޮށްފައެވެ.

ކޮވިޑާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ނޭދެވޭ އަސަރުކުރި ނަމަވެސް، މިދުވަސްވަރު އަނެއްކާ ވެސް ތެލުގެ އަގު ވަނީ އުފުލެން ފަށައިފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top