މާޅޮހުން ކޮވިޑް ކޭސްތަކެއް ފެނި ރަށް މޮނިޓަރިންއަށް

DSCN0429.jpg

ބ.މާޅޮސް

ބ. މާޅޮހުގައި ހުރި ގެސްޓް ހައުސް އަކުން ކޮވިޑް އަށް ފައްސި ވެފައިވާ ދެ ފަތުރުވެރިން ފެނިގެން  އެރަށް މޮނިޓަރިންއަށް ލައިފިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ، މާޅޮހުގެ ގެސްޓު ހައުސްއަކަށް ދިޔަ ދެ ފަތުރުވެރިއަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިން ހެދުމަށް އެ ރަށް މޮނިޓަރިންނަށް ގެނެސްފައިވާ ކަމަށެވެ. އަދި މިހާރު ރަށް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެ ރަށަށް އަރާ ފޭބުން މަނާ ކޮށްފައި މި ވަނީ ކޮންޓެކްޓް ޓްރޭސް ކޮށް ނިމެން ދެން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިމަހުގެ ނުވަ ވަނަ ދުވަހު މާޅޮހަށް ދިޔަ އެ ފަތުރުވެރިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގުނީ ޗުއްޓީ ނިންމާލުމަށްފަހު އެނބުރި ގައުމަށް ދިއުމުގެ ކުރިން ހެދި ޕީސީއާރު ޓެސްޓުންނެވެ. އެމީހުންގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބިފައިވަނީ މިއަދު ހެނދުނެވެ.

މާޅޮހު ކައުންސިލުގެ ރައީސް އަބްދުﷲ ސުޖާއު މިރޭ ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހަތް މީހަކު ފާހަގަކުރެވިފައިވާ ކަމަށާ އެ މީހުން ކަރަންޓީނަށް ލައި، ސާމްޕަލް ނަގާފައިވާ ކަމަށެވެ.

ފާއިތުވި މަސް ތެރޭގައި ރަށްރަށުން ފެންނަ ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރު ވެފައި ވާ ކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ވެސް ދަނީ ޕޮޒިޓިވް ވަމުންނެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top