ބ.މާޅޮހުން އިތުރުމީހަކު ޕޮޒިޓިވްވެއްޖެ!

DSCN2360.jpg

ބ.މާޅޮސް--: އީވީ ފައިލް ފޮޓޯ

ބ.މާޅޮހުން އިތުރުމީހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

މިމީހާ އަކީ އިއްޔެ މާޅޮހުން ކޮވިޑް-19އަށް ޕޮޒިޓިވްވި ފަތުރުވެރިޔާއާ ކޮންޓެކްޓްވި މީހަކު މީހެއްކަމަށް މައުލޫމާތު ލިބެއެވެ. މިމީހާ ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ ޑައިރެކްޓް ކޮންޓެކްޓްވި މީހުންގެ ސާމްޕަލް ނަތީޖާއިންނެވެ.

ބ.މާޅޮހަށް ޗުއްޓީ ހޭދަކުރުމަށް ދިޔަ ދެ ފަތުރުވެރިއަކު ކޯވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އިއްޔެވަނީ އެރަށުން އެމިހުންނާއިޑައިރެކްޓް ކޮންޓެކްޓްވި ކަމަށް ބެލެވޭ ހަތް މީހެއްގެ ސާމްޕަލް ނަގާފައެވެ. މިމީހާ ފިޔަވައި އެހެން އެންމެންގެ ސާމްޕަލް ނެގެޓިވް ކަމަށް މައުލޫމާތުލިބެއެވެ. މި މީހުންގެ ޓެސްޓްތައް ހަދާފައިވަނީ ބ.އަތޮޅު ހޮސްޕިޓަލުންނެވެ. މި ހަތް މީހުންގެ އިތުރުންވެސް އިތުރު ދެމީހެއްގެ ސާމްޕަލް ރޭ ނަގާފައިވާ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެއެވެ.

މާޅޮހުން ރޭ ޕޮޒިޓިވްވީ ދިވެހި ފިރިހެނެކެވެ. އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މައުލޫމާތުލިބެއެވެ.

މިއީ މިހާތަނަށް ކޯވިޑް 19 ފަތުރުވެރިއެއްގައިން ފެނި ބ.އަތޮޅުގެ ރަށަކުން މީހަކު ޕޮޒިޓިވްވި ފުރަތަމަފަހަރެވެ. މިދިޔަ މަހު އެއަތޮޅު ފުޅަދޫއަށް ދިޔަ ދެފަތުރުވެރިއަކުވެސްވަނީ ކޯވިޑް 19އަށް ޕޮޒިޓިވްވެފައެވެ. އެހެންނަމަވެސް އެރަށުން އެއްވެސްމީހަކު މިބައްޔައް ޕޮޒިޓިވްވެފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top