ނަންބަރުތައް އިތުރުވަމުން އަންނާތީ ކާފިއު އިއުލާނުކޮށްފި

l_2019_11_14_015616_2khrvxiyml7z41wdn3efa8gu5o9cjpstb6q_EN_.jpg

މާލެ---ފޮޓޯ :ސަން.އެމްވީ

ކޮވިޑް 19-ގެ ނަަންބަރުތައް އިތުރުވަމުން އަންނާތީ އަނެއްކާ ވެސް ރެއިން ފެށިގެން ކާފިއު އިއުލާނު ކޮށްފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ރޭ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކާ ހަމައަށް އެއްގަމު އުޅަނދު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން މަނާކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދުގައި ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާކޮށް އިއުލާންކުރި ކާފިއު އުވާލީ ޑިސެމްބަރު 17ގަ އެވެ.

މީގެ އިތުރުން މިމަހުގެ 29ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އެތެރެވާ ފަތުރުވެރިން ފިޔަވައި އެހެން ހުރިހާ ފަރާތްތަކުން ދިހަ ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވާންޖެހޭނެއެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައްވެސް ކަރަންޓީނު ވާން ޖެހޭނެއެވެ.

ރެއިން އަލުން ކާފިއު އިއުލާނު ކުރިއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ނެގި 3،338 ސާމްޕަލުން 145 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top