ޕީއެންސީގެ ނާއިބު ރައީސް ކަމަށް 8 ބޭފުޅުން، އާންމު މެންބަރު ކަމަށް 73 މެންބަރުން

original_1789074219195.jpeg

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ) ގެ ނާއިބު ރައީސް ކަމަށް ބޮޑު ވާދަަވެރިކަމެއް އުފެދިދި

މި މަހުގެ 15 އިން 18 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގައި އިންތިޚާބު ކުރުމަށް ޕާޓީގެ އަސާސީ gaވާއިދުގައި ބުނާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައިވާ މެންބަރުންގެ މައުލޫމާތު ރޭ ވަނީ އާންމުކޮށްފަ އެވެ.

އެގޮތުން ޕާޓީގެ ނާއިބު ރައީސުންގެ ހަ މަގާމަށް 8 ބޭފުޅުން ކުރިމަތިލައްވާފައިވެ އެވެ. އެއީ މެންބަރު އަސްމާ ރަޝީދާއި ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު ހުސައިން ޝަރީފާއި މިނިސްޓަރު އަބްދުﷲ ރާފިޢު އާއި މިނިސްޓަރު އަޙްމަދު ޝިޔާމް އާއި މެންބަރު އިބްރާހިމް ޝުޖާޢު އާއި މެންބަރު ފާތިމަތު ސަޢުދާ އާއި އެލްޖީއޭގެ ސީއީއޯ ޙައްމަދު ނިމާލް އާއި މިނިސްޓަރު މުޙައްމަދު ސައީދެވެ.

ކޮންގްރެސްގެ މެންބަރުންގެ މަޖިލީހަށް އިންތިޚާބުކުރާ އަންހެން މެންބަރުކަމުގެ 10 މަގާމަށް 22 މެންބަރަކު ވަނީ ކުރިމަތިލާފަ އެވެ. އަދި މެންބަރުންގެ މަޖިލީހަށް އިންތިޚާބުކުރާ ޒުވާނުންގެ މެންބަރުކަމުގެ ހަތް މަގާމަށް 13 މެންބަރަކު ކުރިމަތިލާފައިވެ އެވެ.

މީގެ އިތުރުން މެންބަރުންގެ މަޖިލީހަށް އިންތިޚާބުކުރާ އާންމު މެންބަރުންގެ 18 މަގާމަށް 73 މެންބަރުން ވަނީ ކުރިމަތިލާފަ އެވެ. ނުވަ މަގާމަށް ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަން ޖެހޭ އަދަދަށެވެ.

ޕީއެންސީން ބުނި ގޮތުގައި މެންބަރުންގެ ނަން ގެންދަން ބޭނުންވާ މެންބަރުންނަށް ފުރުސަތު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top