ކޮންމެ އަތޮޅެއްގައި ވަގުފް ބިނާއެއް

big_vjNpkitw2EvhtVbUfMtgCoo9d.jpg

އިސްލާމިކް ސޯޝަލް އިކޮނޮމީ ފޯރަމްގެ ތެރެއިން

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވަގުޕް ބިނާއެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓްރީން މިހާރު ކުރިއަށްދާ އިސްލާމިކް ސޯޝަލް އިކޮނޮމީ ފޯރަމްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ އަތޮޅު ތެރޭގައި ވަގުފް ޕްރޮޕަޓީތައް ގާއިމުކުރުމަށް ބޭނުންވާ ފައިސާ ނެތް ކަމަށެވެ. އެހެންވެ އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭންކުތަކާ އެކު މިހާރު މަޝްވަރާކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

“އަމާޒަކީ ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ކޮންމެ އަތޮޅަކު ވަގުފް ޕްރޮޕަޓީއެއް ހުރުން،” މިނިސްޓަރު ވިދާޅުވި އެވެ.

ޝަހީމް ވަނީ ހުޅުމާލޭގައި ހަދަން ނިންމާފައިވާ ރާއްޖޭގެ އެންމެ ބޮޑު ވަގުފް އިންވެސްޓްމަންޓްގެ މައުލޫމާތުވެސް ހިއްސާކުރައްވާފަ އެވެ. ވިދާޅުވީ 200 މިލިއަން ރުފިޔާގެ މިމަސައްކަތް ކުރިއަށް އޮތް މަހު ފެށުމަށްފަހު ދެ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހެދި ދާރުލްއީމާން ކުއްޔަށް ދީގެން އަހަރެއްގެ މައްޗަށް ވަގުފު ފަންޑަށް 5.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. ދާރުލްއީމާން އިމާރާތަކީ ވަގްފު ފަންޑުން ހެދި ފުރަތަމަ އިމާރާތެވެ.

ރާއްޖޭގެ ފަސް އަތޮޅެއްގައި މިފަދަ އިމާރާތްތަކެއް އަޅަން ރައީސް ޔާމީންގެ ސަރުކާރުގައި އިސްލާމިކް މިނިސްޓްރީ އާއި ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އާއި ދެމެދު މާޗް 26، 2014 ގައި އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައި ވެއެވެ. ނަމަވެސް ދާރުލްއީމާނަށް ފަހު މިހާތަނަށް ވަގުފް އިމާރާތެއް އަޅާފައެއް ނުވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top