ކޮންމެ ރަށެއްގައި ކުތުބުޚާނާއެއް ގާއިމު ކުރަނީ

8b463dfe-deb2-48b6-90ba-6923afa7aaad.jpeg

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް - ފޮޓޯ: ރައީސް އޮފީސް

ދިވެހި ގައުމީ ތަރިކަ އާލާކޮށް އިޔާދަ ކުރުމަށްޓަކައި ރާއްޖޭގެ ކޮންމެ ރަށެއްގައި ގައުމީ ކުތުބުޚާނާއެއް ގާއިމުކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޮ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ މިމަސައްކަތް ސަރުކާރުން ފަށަން ނިންމާފައިވާ ކަމަށާއި މިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުތަކުގެ ތެރެއިން ހަފްތާ 14 ގައި ހިމެނިފައިވާ މުހިންމު ވައުދެއް ކަމަށެވެ.

މިގޮތުން ރާއްޖޭގެ ގައުމީ ތަރިކަ އާލާކޮށް އިޔާދަ ކުރުމަށް ބޭނުންވާ މަޝްރޫޢުތައް އެކަށައަޅައި، އެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ އިބްތިދާއީ މަސައްކަތް ފެށުމަށް މިސަރުކާރުން ވަނީ ނިންމާފައި ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އޭގެ ތެރެއިން އެއްކަމަކީ ރާއްޖޭގެ ކޮންމެ ރަށެއްގައި ގައުމީ ކުތުބުޚާނާއެއް ގާއިމުކުރުން ކަމަށާއި މި މަޝްރޫޢުގެ ދަށުން ގައުމީ ތަރިކައާ ގުޅޭ ދިރާސާތައް ކުރުމާއި، ފޮތާއި އެކިއެކި އިލްމީ އުފެއްދުންތައް ޝާއިއު ކުރުމާއި ރާއްޖޭގެ ކޮންމެ ރަށެއްގައި ލައިބްރަރީތައް ގާއިމުކުރުން ފަދަ ގިނަ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

”މި މަޝްރޫއުގެ ތެރެއިން ދިވެހި ގައުމީ ތަރިކައިގެ ހިޔާވައްސެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ކުތުބުޚާނާ ނުވަތަ ލައިބްރަރީތައް ގާއިމުކުރުމުގެ މަސައްކަތްތައްވެސް ކުރެވިގެންދާނެ.“ ފިރުޒުލް ވިދާޅުވިއެވެ.

އޭގެ ތެރެއިން އެއް މުވައްސަސާއަކީ ދިވެހި ގައުމީ ތަރިކަ ދިރާސާ ކުރާ މަރުކަޒު ކަމަށާއި އަނެއް މުވައްސަސާއަކީ ގައުމީ ތަރިކައިގެ ކޮލެޖް ކަމަށާއި އަދި ތިންވަނަ މުވައްސަސާއަކީ ގައުމީ ޗާޕްޚާނާ ކަމަށް ވިދާޅުވިއެވެ.

މީގެ ކުރީގެ ޕްރެސްއެއްގައި ފިރުޒުލް ވިދާޅުވީ ދިވެހި ގައުމީ ޗާޕްޚާނާގެ ތެރެއިން ކުރިން ގައުމީ ތަރިކައިގެ ކޮލެޖާއި ގައުމީ ތަރިކަ ދިރާސާ ކުރާ މަރުކަޒުން ކުރާ މަސައްކަތްތައް ޝާއިއު ކުރުމުގެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށެވެ. އަދި އެ ޗާޕްހާނާ މަސައްކަތް ކުރާނީ ޕަބްލިޝާއެއްގެ ގޮތުގައި ކަމަށާއި އެހެންވީމަ ފޮތްތައް ޕަބްލިޝްކުރުމުގެ އިތުރަށް މި ޒަމާނުގެ އެކިއެކި މީޑިއަމްތަކުގައި، އޯޑިއޯ ވީޑިއޯ އަދި ޒަމާނީ އުފެއްދުންތައް ދިރާސާތަކުގެ އަލީގައި ޝާއިއު ކުރަމުން ގެންދާނެ ކަމަށްވެސްވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top