ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2018 ފަށަނީ

IMG-566bd2fb4b5135fe42af8d516a56437b-V.jpg

ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2018 ގުރުއަތުލުމުގެ ރަސްމިއްޔާތު -ފޮޓޯ : ގޮއިދޫ ކައުންސިލް

ގައުމީ ފެންވަރުގައި އަދި އަތޮޅު ފެންވަރުގައި ކުޅިވަރުގެ ރޮނގުން ބޮޑެތި ކާމިޔާބު ތަކެއް ހޯދަމުން އަންނަ ބ.ގޮއިދޫގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ތައްޔާރު ވެއްޖެކަމަށް ގޮއިދޫ ކައުންސިލުން ބުނެފިއެވެ.

”ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2018″ ނަމުގައި އަންނަ އޮކްޓޯބަރު މަހު 2 ގައި ފަށާ މި މުބާރާތަކީ ގޮއި ފުޅަ ފެހެންދޫ ހިމެނޭ ފަޅުތެރޭގެެ ތިން ރަށުގެ މެދުގައި އެކުވެރިކަން ގާއިމް ކުރުމާއި ފުޓްބޯޅަ ނުވަތަ ފުޓްސަލް އަށް މޮޅު ކުޅުންތެރިން ތަކެއް އުފެއްދުމުގެ މަގްސަދުގައި ބާއްވާ މުބާރާތެއްކަމަށް ގޮއިދޫ ކައުންސިލުން ވިދާޅުވިއެވެ.

ގޮއިދޫ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ހަތަރު ޓީމް ބައިވެރިވެއެވެ. އެއީ އެފްސީ ކަރާ އާއި ޝާކް ސިޓީއާއި ޝާކްސިޓީ ޖޫނިއަރގެ އިތުރުން ފެހެންދޫ ސްޕޯޓްސް ކްލަބެވެ.

ރޭ ގޮއިދޫ އީސެންޓަރުގައި މުބާރާތުގެ ގުރުއަތުުން ބާއްވާފައިވާ އިރު ފުރަތަމަ މެޗުގައި ވާދަ ކުރާނީ  ފެހެންދޫ ސްޕޯޓްސް ކްލަބާއި އެފްސީ ކަރާ އެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10000ރ.އާއި ވާދައިގެ ތައްޓާއި ގޯލްޑް މެޑެލް ، ރަނަރއަޕް ޓީމަށް 5000ރު. އާއި ރިހި މެޑެލް ދިނުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ފާހަގަ ކުރެވޭ ޚާއްސަވަނަ ތަކަށް ވެސް ވަނީ ޓްރޮފީއާއި ހަނދާނީ ލިއުން ދޭ ގޮތަށް ހަމަޖައްސާފައެވެ.

މިގޮތުން ހޮވާ ޚާއްސަ ވަނަތަކުގެ ތެރޭގައި މުބާރާުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ މޮޅު ފަސް ކުޅުންތެރިންގެ އިތުރުން އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއާއި ފެއަރޕްލޭ ޓީމްހިމެނެއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކި ޝިޕްކެއަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ. ކޯ ސްޕޮންސަރުންނަކީ ޕިރަމިޑް، ދިރާގު އަދި އެޓޯލްކިއުޓެވެ. މީޑިއާ ޕާޓްނަރަކީ އޭދަފުށި ވޮއިސް އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top