ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި

big_6GEeLrmxtgwT7qT-800x511-800x511-800x511-800x511-800x511-800x511-1-800x511-800x511.jpg

ސަރުކާރުގެ ވިޔަފާރި ކުންފުނި ،އެސްޓީއޯއިން ވިއްކަމުންއަންނަ ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑު ކޮށްފިއެވެ.

މިކަމާ ގުޅިގެން އެސްޓީއޯ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން މިއަދުން ފެށިގެން ޑީސަލް ލިޓަރެއް ވިއްކަމުން ގެންދާނީ 11.43ރުފިޔާ އަށެވެ. އަދި ޕެޓްރޯލް ލިޓަރެއް ވިއްކަމުން ގެންދާނީ 10.97 ރުފިޔާ އަށެވެ. މި ދެބާވަތްވެސް އަގު ބޮޑުވެފައިވަނީ ކުރިން ވިއްކަމުން އައި އަގަށް ވުރެ ލިޓަރަކުން 20 ލާރިއެވެ.

ތެލުގެ އަގު ބޮޑުކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑު ވުމާއި ގުޅިގެން އެސްޓީއޯ އަށް ތެޔޮ ގަންނަން ލިބޭ އަގު ބޮޑު ވުމުން ކަމަށް އެސްޓީއޯ އިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top