އޭދަފުށީގެ ގޮޑުދޮށް ރެދަނުން ދިއްލާލައިފި

134494707_417975539639231_361677198239884010_o-1024x683.jpg

އޭދަފުށީ ގޮނޑުދޮށުގައި ރެދަންލާފައި- ފޮޓޯ/ޔާނިއު

އެންމެ ފަހުން އޭދަފުށީގެ ގޮނޑުދޮށްވެސް ރެދަނުން ދިއްލާލައިފި އެވެ.

ރާއްޖޭގެ ބައެއް ރަށްރަށުގެ ގޮޑުދޮށުގައި ރެދަން ލުމަކީ މިދުވަސް ވަރު ގިނައިން ފެންނަމުން ދާކަމެކެވެ.

އޭދަފުށީގެ އުތުރު ފަރާތުގައި އޮންނަ މޫދަށްއެރޭ ސަރަހައްދުގެ ގޮޑުދޮށްވެސް ރޭ ފެނުނީ އެހެންޏާ ނުފެންނަ ގޮތަކަށް ރިހި ހަނދުވަރުދޭ ގޮތަކަށް ދިއްލާލާފައި އޮތް ތަނެވެ. މިއީ ރެދަންލުމުން މަންޒަރު ސިފަވާ ގޮތެވެ.

މީގެކުރިން ރިސޯޓްތަކާއި އަތޮޅު ތެރޭގެ ބަައެއް ރަށްރަށުން ގޮނޑުދޮށުގައި ރެދަންލައި، އޭގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެ، ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އެކަމަކު މިއީ އޭދަފުށީގައި މުޅިން އަލަށް ފެނުނު ކަމަކަށްވާތީ ރޭވަނީ ގިނަ ބަޔަކު އެމަންޒަރު ބަލާލުމަށް އެތަނަށް ޖަމާވެފައެވެ.

ރެދަން ލަނީ ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސްގެ ސަބަބުންނެވެ. މިއީ ވަކި މޫސުމަކަށް މޫދުގައި ގިނަވާ ސޫތްޕެކެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި ރެދަންލަނީ ކަނޑުގެ އޮޔާއެކު ގޮނޑުދޮށަށް ބީއްސާ ރާޅުގައި ޖެހޭ ބައޯލުމިނިސެންސް އޯގަނިޒަމްސްތަކެއްގެ ސަބަބުންނެވެ.

ރެދަން ލުން އާއްމުވެގެން އުޅޭ މި ދުވަސްކޮޅު އެއްބަޔަކު މި ވާހަކަ ދައްކަނީ ބިރުވެރި ކަމެއްގެ ގޮތުގަ އެވެ. އެއީ “ކަނޑުމަތިއަޅާއިރު” ކަނޑުގައި ރެދަން ލާ ކަމަށް އިހުއްސުރެ ކިޔައި އުޅޭތީ އެވެ.

މެރިން ބައޮލޮޖިސްޓެއް ކަމުގައިވާ ޑރ. އަބްދުﷲ ނަސީރު ވިދާޅުވި ގޮތުގައި ކަނޑުގެ ދިރުން މުއްސަނދި ދިވެހިރާއްޖޭގައި އިހު ޒަމާނުއްސުރެ “މެރީން ބައޮލުމިނިސަންސް” ތަޖުރިބާ ކުރެ އެވެ. އެކަމަކު އޭރު އެކަން ސިފަ ކުރަނީ ކަނޑުގައި ދިމާވާ ރޫހާނީ އަދާޔާ ހިލާފު ބިރުވެރިކަމެއްގެ ގޮތުގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top