ބަލީގެ އަލާމާތެއް ހުރިނަމަ ސްކޫލަށް ނުފޮނުވާތި: އެޗްއީއޯސީ

82101817_3451813714845154_3743801199535587328_o.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް--ފޮޓޯ :ބއތމ.ގެ އެފްބީ

ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ހުރިނަމަ ކުދިން ސްކޫލަށް ނުފޮނުވަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އިލްތިމާސް ކޮށްފި އެވެ.

ސްކޫލްތަކުގެ ދެވަނަ ޓާމުގެ ކިޔެވުން އަންނަ އާދިއްތަ ދުވަހު ފެށޭއިރު ސްކޫލްތައްހުޅުވާނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު އެވެ.

އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ބަލީގެ އެއްވެސް އަލާމާތެއް،  އެއީ ކިތަންމެ އާދައިގެ ކިތަންމެ ކުޑަކުޑަ އަލާމާތެއް ހުރި ނަމަަވެސް ކުއްޖާ ސްކޫލަށް ފޮނުވައިގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ހާލަތެއް މެދުވެރި ވެއްޖެނަމަ ވީހާ އަވަހަކަށް ސާމްޕަލް ނެގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

“ސާމަޕަލް ނެގުމަށްފަހު ނެގެޓިވް ނަތީޖާއެއް ނުލިބެނީސް ސްކޫލަށް ފޮނުވައިގެން ނުވާނެ” ނަޒްލާ ވިދާޅުވިއެވެ.

ސްކޫލުތައް އަލުން ހުޅުވާއިރު ކޮންމެ ދުވަހަކު ހަތަރު ގަޑިއިރާއި ފަސް ގަޑިއިރާ ދެމެދު ކިޔަވައިދޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ދެވަނަ ޓާމު އަންނަ އާދީއްތަ ދުވަހު ފަށާއިރު ޖޫން 24 ގެ ނިޔަލަށް ދެވަނަ ޓާމު ދެމިގެން ދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top