ކަމަދޫގެ ނަރުދަމާ މަސައްކަތުގެ އަޕްޑޭޓް ދީފި

img_md_202202120154451644656085.2988.jpg

ކަމަދޫގައި ފެންހޮޅި ވަޅުލުމުގެ މަސައްކަތް ކުރިއަށް ދަނީ

ބ. ކަމަދޫގެ ނަރުދަމާ މަސައްކަތުގެ ޕައިޕްލައިންގެ 70 އިންސައްތަ ނިމިއްޖެކަމަށް އެމްޑަބްލިޔުއެސްއޭ އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ކަމަދޫގައި ނަރުދަމާ ނެޓްވޯކް ހޮޅި އެޅުމުގެ މަސައްކަތުގެ 70 ޕަސެންޓަށް އަށްވުރެ ބޮޑު ބައެއް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އާރްއޯ ފެސިލިޓީ ބިލްޑިން އާއި ބޯހޯލް އެޅުމުގެ މަސައްކަތް ކަމަށެވެ.

އެ މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކަމަދޫގައި 4.38 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމް ކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކާ 2 އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓާ، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.

ޕްލޭނިންގ މިނިސްޓްރީން މި މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 14ވަނަ ދުވަހުއެވެ. 56.6 މިލިޔަން ރުފިޔާގެ މިމަޝްރޫއު ނިންމަން ދީފައިވަނީ 540 ދުވަހެވެ.

މި މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހާއި ރައީސް އޮފީހުގެ މިނިސްޓަރ އަހްމަދު ސަމީރު އެރަށަށް ވަނީ ޒިޔާރަތްކުރައްވާފައެވެ. އަދި އެ މަސައްކަތް ކުރިއަށްދާ ގޮތުގެ އެންމެފަހުގެ މައުލޫމާތު އެ ބޭފުޅުން އޮޅުން ފިލުއްވާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top