ކެންދޫގައި ޕޮލިސް ޑެސްކެއް ގާއިމްކޮށްފި

13321731_1119850841405244_5583416930163867425_n.jpg

ކެންދުގައި ޕޮލިސް ޑެސްކެއް ގާއިމްކުރުވުގެ ގޮތުން ފުލުހުން ކެނެދޫ ކައުންސިލް އާއި ބައްދަލު ކުރެއްވުން. ފޮޓޯ ކެންދޫ ކައުންސިލް

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް ފުލުހުންގެ ޚިދުމަތް ދިނުމުގެ ޕްރޮގްރާމްގެދަށުން ބ. ކެންދޫގައި ޕޮލިސް ޑެސްކެއް ގާއިމްކޮށްފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ކެންދޫގައި ރަސްމީކޮށް ޕޮލިސްޑެސްކެއް ގާއިމް ކުރުމާއެކު މިހާރުން ފެށިގެން އެރަށުގައި ފުލުހުންގެ ޚިދުމަތް ލިބެން ހުންނާނެ ކަމުގައި ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ކެންދޫގައި ޕޮލިސް ޑެސްކެއް ގާއިމު ކުރުމުގެ ސަބަބުން ރައްޔިތުންނަށް އަމާން ވެއްޓެއް ލިބުމަށް މަގު ފަހިވެގެން ދާނޭކަމަށާއި އިޖްތިމާއީ އެތައް މައްސަލަތަކެއް ހައްލުވެގެން ދާނޭކަމުގައެވެ.

ކެންދޫ ކައުންސިލްގެ ރައީސް އަބްދުލް ޣައްފާރު ވިދާޅުވީ ކެންދޫގައި ފުލުހުންގެ ޚިދުމަތް ދޭން ފެށުމަކީ ރަށުގެ ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށްބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި މިކަމުގެ ސަބަބުން އިޖްތިމާއީ ގިނަ މައްސަލަތަކެއް ހައްލުވެ ކުށްމަދު އަމާން ވެއްޓެއް ގާއިމްވެގެން ދާނޭކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top