ރެޑްވޭވް ހައިސެންސް ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

file_o7quvd.jpg

ފީފާ ވޯލްޑު ކަޕު 2022 ގެ ފައިނަލް މެޗު ބަލާލަން ދިއުމަށް ދެމީހަކަށް ދެކޮޅު ޓިކެޓާއި ނަސީބުވެރި ފަސް މީހުންނަށް ހައިސެންސް ބުރޭންޑުގެ ޓީވީ ހުށަހަޅައިގެން ކުރިއަށް ގެންދިޔަ ރެޑްވޭވް ހައިސެންސް ޕްރޮމޯޝަނުގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.

ހައިސެންސްއަކީ ފީފާ ވޯލްޑް ކަޕް 2022 ގެ އޮފިޝަލް ސްޕޮންސަރެވެ.

ހުޅުމާލޭގައި ހުންނަ ރެޑްވޭވް މެގަމޯލުގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ގުރު ނެގުމުގައި ވޯލްޑު ކަޕުގެ ފައިނަލް މެޗު ބަލާލަން ދިޔުމުގެ ފުރުސަތު ލިބުނީ ކޫޕަން ނަންބަރު (0007157) ގެ ހައްގުވެރިޔާ، މާނިހު ކިޔާ ބޭފުޅަކަށެވެ. އެއީ ކޫޕަން ނަންބަރު 0007157 އެވެ.

ރެޑްވޭވްގެ ފޭސްބުކް ޕޭޖުން ލައިވް ކުރެވުނު މި އިވެންޓުގައި ހައިސެންސް ބުރޭންޑުގެ ފަސް ޓީވީއާއި ސައުންޑުބާ ލިބިފައި ވަނީ ސާޖިދާ މުފީދު (0004770) އާއި، އިސްމާއިލް އަރުހަމް (0001314) އާއި، އިބްރާހިމް (0007053) ގެ އިތުރުން ހައްވާ ޔާނާ އަހްމަދު (0006924) އަދި އަހްމަދު ދީދީ (0000168) އަށެވެ.

ރެޑްވޭވްއަކީ ހައިސެންސް ބްރޭންޑްގެ އުފައްދުންތައް ރާއްޖެ އެތެރެ ކުރަމުން އަންނަ އެ ބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ. އެ ކުންފުނިން ރާއްޖޭގައި ހައިސެންސް ބްރޭންޑްގެ ޓީވީ، ދޮންނަ މެޝިން، އޭސީ، ފްރިޖް އާއި އެނޫންވެސް ގިނަ ސާމާނު ވިއްކަމުން ދެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު 20 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުގައި ހައިސެންސު ބުރޭންޑުގެ އުފެއްދުންތަކުން ކަސްޓަމަރުން ކުރި 500ރ. އަށްވުރެ މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކޮށްފައި ވެއެވެ. އެގޮތުން މިއަދުގެ ގުރު ނެގުމުގައި ނަސީބުވެރިން ހޮވާފައި ވަނީ އެތައްހާސް ކޫޕަނެއްގެ ތެރެއިންނެވެ.

މި ޕްރޮމޯޝަން ވެގެންދިޔައީ ވަރަށް ކާމިޔާބު، ކަސްޓަމަރުންގެ ބޮޑު ތަރުހީބެއް ލިބުނު ޕްރޮމޯޝަނަކަށް ކަމަށާއި ހައިސެންސްގެ ޕްރޮމޯޝަންތަކާއި އޮފާތައް ވޯލްޑުކަޕު ނިމެންދެން ކުރިއަށް ދާނެ ކަމަށް ރެޑްވޭވުން ބުނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top