”އޭދަފުށި ކަޕް 2022“ ގެ ޗެމްޕިއަންކަން އެމްވީ ޔުނައިޓެޑަށް

IMG_8656.jpg

”އެސްޓީއޯ އޭދަފުށީ ކަޕް 2022“ ގެ ޗެމްޕިއަން ކަން އެމްވީ ޔުނައިޓެޑް ދިފާއުކޮށްފި އެވެ. އެމްވީ ޔުނައިޓެޑަކީ އެންމެ ފަހުން ބޭއްވި މި މުބާރާތުގެ ވެސް ޗެމްޕިއަން ޓީމެވެ.

މިއަދު ހަވީރު އޭދަފުށީ ޓާފް ދަނޑުގައި އޮތް މި މުބާރާތުގެ ފައިނަލު މެޗު، އެމްވީ ޔުނައިޓެޑް ކާމިޔާބު ކުރީ ފަހަތުން އަރައި 4-1 އިން ހުސް ސޮނގުން ފުޓުބޯޅަ ޓީމު ބަލިކޮށްފައެވެ.

މި މުބާރާތުގެ ފައިނަލް މެޗު ބަލައިލުމަށް ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އިޓަލީގެ ފްރެންސެސްކޯ މޮރިއޭރޯ،  އިއްޔެ ވަނީ އޭދަފުއްޓަށް ޒިޔާރަތް ކޮށްފަ އެވެ.

މި މެޗުގެ ފރަތަމަ ހާފް ނިމިގެން ދިޔައީ ދެޓީމަށްވެސް ލަނޑެއް ނުޖެހި އެވެ. އެހެންނަމަވެސް ދެވަނަ ހާފު ފެށުނުތާ މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ހުސް ސޮނގުން ޓީމުގެ މުހައްމަދު އަޖުފާން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ.

އެހެން ނަމަވެސް ގައުމީ ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިންނާއި ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިންވެސް ހިމެނޭ އެމްވީ ޔުނައިޓެޑުން ވަނީ ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެން މެޗު ކާމިޔާބު ކޮށްފަ އެވެ.

އެމްވީ ޔުނައިޓެޑް، މިދިޔަ އަހަރުގެމުބާރާތް ކާމިޔާބު ކުރީ ފައިނަލު ގައި ވެލާ ސްޕޯޓްސް ކްލަބް ބަލި ކޮށްފަ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top